
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިދިޔަ އާދީއްތަ ދުުވަހު މަސްވެރިން މިފްކޯއަށް ކިރި މަހަށް ވާ ފައިސާ (2 މިލިޔަނަށް ވުރެ ގިނަ ފައިސާ) މިފްކޯއިން މިއަދު މަސްވެރިންނަށް ޖަމާކޮށްފިއެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމު އެކްސްގައި ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާ ޖަމާކޮށްފި ކަމަށެވެ.
“ޑިސެމްބަރ 8 ވަނަ ދުވަހު މަސްވެެރިން މިފްކޯއަށް ކިރި މަހަށްވާ 2،045،823.37 ރުފިޔާ މިއަދު މިފްކޯއިން މަސްވެރިންނަށް ޖަމާކޮށްފި. މިއީ އިއްޔެ މަސްވެރިންގެ ޕޭމަންޓުގެ ބެކްލޮގު ސާފުކުރިއިރު ޑިސެމްބަރު 7 ވަނަ ދުވަހު ބޭނިމަހުގެ ޕޭމަންޓު ހިމެނޭގޮތަށް ދެއްކި ޕޭމަންޓުގެ ފަހުން ފުރަތަމަ ފަހަރަށް 48 ގަޑިއިރުތެރޭ މަސްވެެރިންގެ ފައިސާ ރައީސުލް ޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ޖަމާކުރެވުނު ތާރީޚީ ދުވަސް.” ޝިޔާމް ވިދާޅުވިއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި އެ ކުންފުނިން އިއްޔެވެސް ވަނީ މަސްވެރިން 16 ނޮވެމްބަރު 2024 ވަނަ ދުވަހުން ފެށިގެން 7 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ނިޔަލަށް ކިރުވި މަހަށްވާ ފައިސާ 38،261،330 ރުފިޔާ މަސްވެރިންނަށް ޖަމާކޮށްފައެވެ. މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާކޮށް 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ޖަމާކޮށްދިނީތީ ޝިޔާމު ވަނީ ރައީސް މުއިއްޒުއަށް ޝުކުރު ދަންނަވާ މަރުހަބާ ދަންނަވާފައެވެ. އަދި 44 ވަނަ މަސްވެެރިންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހި މަސްވެރި އާއިލާ ތަކަށާއި މަސްވެރި ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާފަރާތްތަކަށް ވަޒީރު ވަނީ އަރިސްކޮށްފައެވެ.
ޝިޔާމު ވިދާޅުވި ގޮތުގައި މަސްވެރިންގެ އަދި މަސްވެރި ސިނާޢަތުގައިހުރި ޒަމާންވީ ބޮޑެތި ގޮންޖެހުންތަކަށް ރައީސް ގެންދަވަނީ ޖުމްލަ ހައްލުތަކެއް ހޯއްދަވައި ދެއްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
