
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 700 މިލިއަން ރުފިޔާ އޯވަރޑްރާފްޓެއް އާންމު އުސޫލުތަކާއި ހިލާފަށް ދޫކޮށްފައިވާ ކަމަށް ބުނެ އަދަދު ނޫހުގައި ލިޔެފައިވާ ހަބަރު އެ ބޭންކް އިން ދޮގުކޮށްފިއެވެ. މަސްވެރިންނަށް ދިނުމަށް މިފްކޯއަށް 700 މިލިއަން ރުފިޔާ އޯވަރޑްރާފްޓެއް އާންމު އުސޫލުތަކާއި ހިލާފަށް ދޫކޮށްފައިވާ ކަމަށް އެ ނޫހުން ލިޔެފައިވާ ހަބަރާއި ގުޅިގެން އެ ބޭންކް އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ބޭންކްގެ އިތުބާރު ގެއްލޭ ފަދަ ގޮތަށް ހަބަރު ޝާއިރުކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.
ބީއެމްއެލް އިން ވިދާޅުވީ، ބޭންކުން ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަނީ ބޭންކިންގ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. މިގޮތުން ބަލްކް ޓްރާންސްފާރގެ ހިދުމަތް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް ދެމުން އަންނަނީ އާންމު އުސޫލުތަކާއި އެއްގޮތަށް ކަަމަށްވެސް އެ ބަޔާނުގައި ވެއެވެ.
“މި ބޭންކްގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންގެ ރައްކާތެރިކަމަށް ވީހިނދު ބޭންކުން އަބަދުވެސް އަމަލުކުރަމުންދާނީ ބޭންކުން އަމަލުކުރަމުންދާ ހަރުދަނާ އުސޫލުތަކާއި އެއްގޮތަށް ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،”. ބީއެމްއެލްގެ ބަޔާނުގައި ވެއެވެ،
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
