
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ ގައުމީ އެެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ 4 ސިޓީއަކަށް ޖެނުއަރީ މަހު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. ދުރު މަންޒިލްތަކަށް ދަތުރު ފަށަން މޯލްޑިވިއަންއަށް އޭ330-200 ގެ އެއާބަސްއެއް ގެންނަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ މަތިންދާބޯޓު ރާއްޖެ ޖެނުއަރީ މަސް ތެރޭގައި އުދުހެން ފަށާނެކަން ސަރުކާރުން މީގެ ކުރިން އިއުލާން ކޮށްފައި ވެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން މިއަދު ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ބެއިޖިންގ ގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވުމަކީ ލިބުނު ވަަރަށް ބޮޑު އުފަލެއް ކަމަށެވެ. މިގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން މޯލްޑިވިއަންއިން ބެއިޖިންގ، ޝަންހާއީ، ޗެންގޑޫ އަދި ޝިއާންއަށް ދަތުރު ކުރާނެކަމަށް އޭނާ ވިދާޅުވިއެެވެ.
“މި ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމާއި ކަނެކްޓިވިޓީއަށް އިތުރު ކުރިއެރުމެއް ލިބޭނެ،”. މޯލްޑިވިއަންއަށް ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށުމަށް ދެއްވި ޔަގީންކަން ފުރިހަަމަކޮށްދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާ ކުރައްވަމުން ކުރި ޕޯސްޓްގައި އަމީން ވިދާޅުވެފައި ވެއެވެ. މޯލްޑިވިއަން އިން މި ދަުރުތަކަށް ބޭނުން ކުރަނީ 13،000 ކިލޯމީޓަރަށް އެއްވެސް ތާކު ނުޖައްސާ ޑައިރެކްޓްކޮށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ.
އެ އެއާ ބަސްގައި ތިން ކްލާހެއް ހިމެނެެއެވެ. އެއީ ބިޒްނަސް އަށް 18 ގޮޑި އާއި ފްރިމިއަކް އެކޮނަމީއަށް 36 ގޮޑިއާއި އިކޮނޮމީ ކުލާހުގައި 210 ގޮޑި ހިމެނެއެވެެ. އެހެންކަމުން މިއީ ޖުމްލަ 264 ގޮނޑި ހުންނަ މަތިންދާބޯޓެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
