
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ހޮސްޕިޓަލަކާއި، ތައިލެންޑްގެ ވެރިއަށް ބެންކޮކްގެ ދެ ހޮސްޕިޓަލަކުން އާސަންދަ ހިދުމަތް ދިނުމަށް ސޮއިކޮށްފިއެވެ. ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އާސަންދަ އޮފީހުން ވިދާޅުވީ، އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް 3 ހޮސްޕިޓަލަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިފައިވާ ކަމަށެވެ. އެއީ އަބޫދާބީ ބުރްޖީލް މެޑިކަލް ސިޓީ، ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލެވެ.
އާސަންދަ އޮފީހުން ވިދާޅުވީ، މި 3 ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުމުން އަންނަ އަހަރުގެ ޖެނުއަރީ 15 ވަަނަ ދުވަހުން ފެށިގެން ކަނޑައެޅޭ އުސޫލްގެ ތެރެއިން މި ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށެވެ. ޗައިނާ ދަތުރުފުޅަށް ފަހު، ރައީސް ޑރ. މުއިއްޒު ވިދާޅުވީ އާސަނަދައިގެ ދަށުން މިހާރު ބޭސްފަރުވާ ކުރެވެނީ މަދު ގައުމަކުން ކަމަށާއި އެކަން ބަދަލުކޮށް މި ހިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރީ ލަންކާއަށެވެ.
“އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދާ އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް ޔޫއޭއީ އަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާ ކުރާނަން،” ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ބޭސްފަރުވާއަށް އެ ގައުމުތަކަށް ދަތުރުކުރާއިރު ހުރުމާއި ކެއުން އަދި އެހެނިހެން ހަރަދުތައް ހިމެނޭ ގޮތަށް ކަންތައް ހަމަޖައްސާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“އޭރުން ރާއްޖޭގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެކަށް ދާނީ މިހާރު އެދާ ތަންތަނަށްވުރެ މާ ފެންވަރު ރަނގަޅު ދުބާއީ ކަހަލަ އަދި ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް އެކަމޮޑޭޝަން އެކްސްޕެންސެސް ލިބިގެން އާސަންދައިން ކަވާވެގެން.” ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
