
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އިދިކޮޅު އެމްޑީ އިން ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖީލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު އެޕާޓީގެ އިސް ފަރާތްތައް ހާޒިރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި ފުލުހުންނަށް ގޮވާލައިފި އެވެ. އޭނާ މިހެން ގޮވާލާފައި ވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން “ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން” ގެ ނަމުގައި މިރޭ މާލޭގައި ބާއްވަން އުޅޭ އެއްްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހަސަން މުފީދު ހުށައެޅި ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުންނެވެ.
އަޒާންގެ ވާހަކައިގައި ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލު ވުމަށް ފަހު އެކި ސިޔާސީ ވެރިން ދަން ޖައްސާ މަރަން އެމީހުން ގޮވާފައި އެބަ ހުރި ކަމަށާއި އަދި ހަމަ އެ ދުވަސްވަރު ރާއްޖޭގެ އެކި ތަންތާނގައި ޓެރިރިޒަމްގެ އެތައް އަމަލުތަކެއް ހިންގާ ރައްޔިތުންގެ މުދަލާއި ފުރާނައަށް ގެއްލުންވާ ގޮތަށް އަމަލުތައް ބަހައްޓާފައިވާ ކަމަށާއި އެ ޕާޓީ އަކީ އެ ފަދަ އަނިޔާވެރި މާޒީއެއް އޮތް ހަރުކަށި ފިކުރުގެ ޕާޓީއެއް ކަމަށެވެ. އެމްޑީޕީ އިން މިރޭ ބާއްވަން އުޅޭ އެއްވުމުގެ މައްސަލާގައި އެ ޕާޓީގެ އިސް ވެރިން މަޖިލީހުގެ ކަމާއި ގުޅުން ހުރި ކޮމިޓީތަކަށް ހާޒިރުކޮށް މި މައްސަލަ އިތުރަން ތަހުގީގު ކުރުމަށް ގޮވާލާ ކަމަށައި އަދި ފުލހުންވެސް މި މައްސލަ ތަހުގީގު ކުރަން ޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ. .
އަޒާންގެ އިތުރަށް ވިދާޅުވީ މިރޭގެ އެއްވުމުގައި އެމްޑީޕީ އިން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލު ވުމެއްވެސް ބާއްވަން އުޅޭ ވާހަކަ އަޑު އެބަ އިވޭ ކަމަށާއި އާންމުކޮށް މިފަދަ ބައްދަލު ވުމަކަށް ފަހު ހަމަ ނުޖެހުން ހިންގާ ކަން މާޒީއިން ފެނިގެން ގޮސްފައިވާ ކަމަށެވެ. އަޒާން ގެ ވާހަކައިގައި 2012 ވަނަ އަހަރު ހަމަ އެފަދަ ބައްދަލު ވުމަކަށް ފަހު އައްޑޫ ސިޓީ އާއި ހުވަދު އަތޮޅުގައި ބައެއް ރަށްރަށުގައި ރޯކޮށް ޓެރެރިޒަމްގެ އަމަލްތައް ހިންގިތަން ފެނިގެން ގޮސްފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
