
ނިރުބަވެރި އަމަލުތައް ހިންގައި ރައީސް ޑރ މުހައްމަދު މުއިއްޒަށް ަމަރުގެ އިންޒާރު އިދިކޮޅު އެމްޑީޕީން ދެމުންދާތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެމްޑީޕީގެ ޗެއާޕާސަން އިސްމާއިލް ފައްޔާޒަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޗެއާޕާސަން ފައްޔާޒު ވަނީ ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު އަމީނަށް ރައްޔިތުން ހެދިގޮތަށް ރައީސް މުއިއްޒުއަށް ހަދާފާނެ ކަމަށާއި ރައްޔިތުންނަށް ދެރަދޭނަމަ ނަތީޖާ ގޯސްވާނެ ކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީީހުގެ ޖަލްސާގައި ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު ގިނަ މެންބަރުން ވަނީ ފައްޔާޒު އުޅެނީ ގައުމު ހަލަބޮލިކޮށް ނިރުބަވެރި އަމަލުތައް ރާއްޖޭގައި ހިންގަން ކަމަށް ވިދާޅުވެ އޭނާ ހައްޔަރުކުރުމަށާއި މި މައްސަލަ ކަމާއި ބެހޭ އިދާރާތަކުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގު ކުރުމަށް ގޮވާލާފައެވެ.
މި މައްސަލައިގައި ނައިބު ރައީސް ފައްޔާޒަށް ވިިދާޅުވީ ތާރީޚުން ލިބޭ ފިލާވަޅުތަކުން ގައުމުގެ އެއްބައިވަންތަ ކަމަށް މަގުދައްކައި ރައްޔިތުންނަށް އެއްބައިވަންތަ ކުރަން ޖެހޭ ކަމަށާއި އެފަދަ ކަންކަމުުގެ ވާހަކަ ދައްކައި ގައުމު ފަސާދަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އަބަދުވެސް ސުލްހަ އާއި އެއްބައިވަންތަކަމަށް ހިތްވަރު ދިނުމަށް ނައިބު ރައީސް ވަނީ ފައްޔާޒަށް ގޮވާލައްވާފައެވެ.
“ތާރީޚުން ލިބޭ ފިލާވަޅުތަކުން އަޅުގަނޑުމެންނަށް މަގުދައްކަން ވާނީ އެއްބައިވަންތަ ކަމަށް. އެކަހެރިވުމާއި ހަމަނުޖެހުމުގެ ސަގާފަތެއް އާލާ ކުރުމަކަށް ނޫން. ހަލަބޮލިކަމަށް ގޮވާލުމަކީ ޤާނޫނުގެ ވެރިކަމަށް ގޮންޖަހާ، ޑިމޮކްރެޓިކް އަދި އިސްލާމީ އުސޫލުތަކަށް ފުރައްސާރަކުރާ ކަމެއް. ގޯހަކީ ގޯހެއް. އިއްޔެވެސް، މިއަދުވެސް އަދި އަބަދުވެސް. ވެރިކަމުން ހިތްވަރު ދޭންވާނީ ސުލްޙައަށް. ބައިބައިވުމަކަށް ނޫން.” ނައިބު ރައީސް ވިދާޅުވިއެވެ.
މި ސަރުކާރާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީން ދަނީ ފެށުނީއްސުރެ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. ގައުމު ފަސާދަކުރުމުގެ ނިޔަތުގައި ރައްޔިތުންނަށް އޮޅުވާލައި ދޮގު ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
