
(ފޮޓޯ ކްރެޑިޓްްސް: ވަގުތު)
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކައެއް ދިފާއުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދެއްކެވެމުން ހޯމް މިނިސްޓަރު އަލީ އިހުސާން ރައްދު ދެއްވައިފިއެވެ. އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ “ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް” ކަމަށެވެ. އެހެން އޭނާ ވިދާޅުވެފައި އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައި އެ ވާހަކަ ދިފާއު ކުރައްވަމުންނެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ޕޯޑިއަމެއްގައި މީހަކު އެގޮތަށް ބުނެފައި ވަނީ މިހާރުގެ ރައީސަށް ނަސޭހަތެއް ދިނުމުގެ ގޮތުންނެވެ.
“ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ؟. އެެއީ ރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޅުދުއްފުށީ ޕޯޑިއަމްގައި އެ ބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިއަދު ހުންނެވި ޑރ. މުއިއްޒަށް ނަސޭހަތުގެ ގޮތުން. އެހެން ވިޔަ ނުދޭށޭ އެ ބޭފުޅަކު ވިދާޅުވީ،” ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ ރާއްޖެއަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނުހަނު ފުޅާކޮށް ކަށަވަރުކޮށްދޭ ގައުމެއް ކަމަށެވެ. ނަމަވެސް މި ހައްގުގެ ބޭނުން ކުރަން ވާނީ ޒިންމާދާރުކަމާއެކުގައި ކަމަށް އިހުސާން ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނަކީ މިކަންކަމުގައި ނަމޫނާ ދައްކަވަންޖެހޭ ބޭފުޅުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ގާނޫނުތަކާ ޚިލާފަށް މީހުން މެރުމަށާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ އަމަލެއް ކަމަށެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަމީންގެ ވެރިކަން ނިމުމަކަށް ގެނައީ އޯގަސްޓް 30، 1953 ގައެވެ. އަމީން ސްރީލަންކާއިން އެނބުރި ވަޑައިގަތުމާ އެކު އޭރު އޭރުގެ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު ރަހީނުކޮށް ބޭންދީ ދޫނިދޫގައެވެ. އަމީން އަވަހާރަވީ ދޫނިދޫގައި ބަންދުކޮށްފައި ހުއްޓާ މާލެ ވަޑައިގެން ބަޣާވާތްކުރައްވަން އުޅުއްވި ކަމަށް ތުހުމަތުކޮށް ހަވަރު އެއްކޮށް، އަމީނަށް ދިން އަނިޔާވެރި ބޮޑެތި އަނިޔާތަކަށް ފަހުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
