
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކައެއް ދިފާއުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދެއްކެވެމުން އެ މައްސަލަތައް ބެލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހަސަން މުފީދެވެ. ކުއްލި މައްސަލައިގައި ބުނެފައިވަނީ ރައީސް މުއިއްޒަށް ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ އެމްޑީޕީން އެކިއެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގުކުރުމަށް ތަހުގީގީ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
ރައީސް މުއިއްޒަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ ތަނަވަސް އަގްލަބިއްޔަތަކުން އިންތިހާބުކޮށްފައިވާ ރައީސް ކަމަށް ކުއްލި މައްސަލައިގައިވެއެވެ. ރައީސްގެ ދައުރު ނިމޭނެ ހާލަތް ދިވެހި ޖުމްހޫރިއްޔާގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. “ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ރައީސް މުއިއްޒަށް ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ އެމްޑީޕީން އެކި އެކި ޕޯޑިއަމްތަކުގައި ވާހަކަދައްކާފައިވާތީ އާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ހ) ގައި ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވެސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވީ ހިނދު، އަދި އެ މާއްދާގެ (ށ) ގައި ހިތްވަރުދިނުން މަނާކޮށްފައިވާ މަނާކުރުމަށް ބަލާއިރުގައި މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް، ރޭވުމަށް މަގުފަހިކުރާކަމެއް ކަމަށް އާންމުންގެ ބަޔަކަށް ފެންނަ ފެނުންކަން އެނގޭ.” މުފީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެއެވެ.
ރައީސް މުއިއްޒަށް ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ އެމްޑީޕީން އެކިއެކި ޕޯޑިއަމްތަކުގައި ދައްކާވަފައިވާ ވާހަކަތަކަކީ ވަކި ސިޔާސީ ފިކުރެއް ކުރިއެރުމަށް، އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އަދި އެހެން މީހެއްގެ ފުރާނައަށް ނުރައްކަމެއް ކުރިމަތިކުރުމުގެ މަގްސަދުގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ. އެހެންކަމުން މިއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކުށުގެ އަމަލެއް ކަމަށްވާތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުހުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައިވެއެވެ.
މި މައްސަލަ އަށް ބަހުސް ކުރަން މަޖިލިހުން ވަނީ ފާސްވެފައެވެ. އެއީ 44 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
