
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ރައްޔިތުން އެދޭ ފަދަ އިހުސާންތެރިކަމާއެކު ލޯތްބާއި ކުލުނާއެކު ހިދުމަތްދޭ ފުުލުހުންނަށް ވާން ޖެހޭ ކަމަށާއި އެ ސްޓޭންޑާޑްގައި ހިފަހައްޓަން އެދޭ ކަމަށް ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
37 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމަށް އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ޕޮލިސް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ، ރާއްޖޭގައި ޒަމާންތަކަކަށް ވަންދެން ދެމިގެން ގޮސްފައި އޮތް ޑްރަގްގެ ވަބާއިން ރާއްޖެ އެއްކޮށް ސަލާމަތް ކުރުމަކީ ރައީސް ޑރ. މުހައްމަދު ތި ކުދިންގެ ފަރާތުން އެދޭ އެދުމެއް ކަމަށެވެ. އަދި ގޭންގްތައް ހަދައިގެން ކުށްތައް ކުރުން އެެއްކޮށް ހުއްޓުވުމަކީ ދެކެން ބޭނުންވާ ދުވަސް ކަމަށާއި، އެއީ ތި ކުދިންގެ މިޝަން ކަމަށް އިހުސާން ވިދާޅުވިއެވެ.
“ކުށުގެ މާހައުލުގައި އުޅޭ ކުށް ކުރަމުންދާ ތުއްތު ކުދިން އެ މާހައުލުން، ސަލާމަަތްކޮށް، ރައްކާތެރި މާހައުލަކަށް ގެންގޮސް، އެ ކުދިންނަކީ ރާއްޖެއަށް ފައިދާ ހުރި ޒުވާނުންތަކަކަށް ހެދުމަކީ އަޅުގަނޑުމެންގެ ހޯމް ޓީމްގައި ހިމެނޭ ޒިންމާގެ ތެރެއިން ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެއް،”. ވަޒީރު ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެ ވުޒާރާގެ ތެރޭަގައި ހިމެނޭ އެހެނިގެން މުވައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ އަޒުމް ވަރުގަދަ ކަމާއެކު ކުރިމަތިލާން ޖެހޭ ޗެލެންޖެއް ކަމަށެވެ.
“މި ކަންކަމަކީ މިއަދު ދިވެހި ރައްޔިތުން ފުލުހުންގެ ފަރާތުން އެދޭ އެދުން، މި ކަންކަމަކީ ކޮމިޝަނަރ ފާހަގަކުރެއްވިހެން ފަސޭހަ ކަންކަމެއް ނޫން، ތި ކުދިން މިކަމާއި ކުރިމަތިލައިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ އޭގައި ހުރަސްތަކެއް ހިމެނޭ ފިޔަވަޅުތަކެއް، ވަކިން ހާއްސަކޮށް ރާއްޖޭގެ މާހައުލު އޮތް ގޮތުން ކޮރަޕްޝަނާއި ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ ކަނޑައެޅިގެން ނޫނެކޭ ބުނަން ޖެހޭ ކަންކަން،”. ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވިގޮތުގައި، މިއީ ހިތްވަރު ހުރެގެން، ކެރިގެން ﷲގަންދީ ކުރާ ހުވާގެ މަތީގައި ތިބެގެން، ރާއްޖޭގެ ރައްޔިތުންނަށްޓަކައި ހިދުމަތް ކުރަން ނުކުމެގެން ކުރެވޭނެ ކަމެކެވެ.
“ކޮންމެ ކުއްޖެއްގެ އަޒުމަކަށް ވާންވީ ހަށިގަނޑާއި ފުރާނައިން ގުރުބާންވެގެން މިކަންކަން ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދޭނެ ކަމަށް، ދިވެހި ރައްޔިތުންގެ އެދުމަކީވެސް އެެއީ، އަޅުގަނޑު ތި ކުދިންގެ ފަރާތުން އެދެން ބޭނުންވާ އެދުމަކީ އެއީ،”. ވަޒީރު ވިދާޅުވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެ ވުޒާރާ މިހާރު އެކުލަވާލާފައި ވަނީ ނަތީޖާ ނެރޭ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަކަށް ކަމަށެވެ. އަދި އެ ވުޒާރާގެ ތެރެއިން މަސައްކަތް ކުރާ އެއް އިދާރާއެއްގެ ގޮތުން ފުލުހުން މަސައްކަތް ކުރަމުން ދަނީ ވަރަށް ބުރަކޮށް ކަމަށާއި، ފާއިތުވެދިޔަ އެއް އަހަރު ތެރޭގައި އެ އިދާރާއިން ހޯދި ކާމިޔާބަށް ޝުކުރު އަދާ ކުރާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ޑްރަގްގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑްރަގް އަތުލައިގަނެވުނުއިރު، ރާއްޖޭގެ ސަރަހައްދުން އަތުލާގަތް ޑްރަގާއެކު ޖުމްލަ އަގު 1.3 ބިލިއަން ރުފިޔާގެ ޑްރަގް އާއްމު މާހައުލުގެ ތެރެއިން ދިއުން ހުއްޓުވިފައިވާ ކަމަށެވެ. އަދި އެތައް ހާސް މީހުންނެއް ހުއްޓުވާ، ބަލައިފާސްކޮށް، އެތައް މަައްސަލައެއް ބެލި، އެތައް ބަޔަކު ޑްރަގްގެ ވަބާއިން ދުރު ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.
“ގޭންގް ހަދައިގެން ކުށްތައް ކުރަން އުޅޭ ތަންތަނުގައި ފާރަވެރިވެ، އެކަންކަން ކުރުމުގެ ހިނގުމުގެ ކުރިން އެކަންކަން ހުއްޓުވުމަށް ފުލުހުން ދަނީ އާދަޔާ ހިލާފު މަސަައްކަތްތަކެއް ކުރަަމުން، މިކަންކަމުން މިދިޔަ އަހަރު ވަނީ ނަތީޖާ ދަައްކާފައި،”. ވަޒީރު އިތުރަށް ވިދާޅުވެފައި ވެއެވެ. ވަޒީރު ވިދާޅުވީ، މަސައްކަތް ކުރަމުންދާއިރުގައި، އިންސާނީ ހައްގުތަކަށް ރައްކާތެރިވުމާއި، ރައްޔިތުން އެދޭ ފަދަ އިހުސާންތެރިކަމާއެކު ލޯތްބާއި ކުލުނާއެކު ހިދުމަތްދޭ ފުުލުހުންނަށް ވާން ޖެހޭ ކަމަށެވެ.
“އެއީ ފުލުހުންގެ ތެރޭގައި މިހާރު ބައްޓަން ކޮށްފައި އޮތް ސްޓޭންޑާޑްއަކީ، އަޅުގަނޑު ތި ކުދިންގެ ފަރާތުން އެދެނީ، އެ ސްޓޭންޑާޑް މިއަދަށްވުރެވެސް މައްޗަށް ގެންދިއުން،”. އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
