
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ގެދޮރުބިނާ ކުރުމުގެ އެންމެ ގިނަ މަޝްރޫއުތައް އެއް އަހަރެއްގެ ތެރޭގައި ކުރިއަށް ގެންދެވޭ އަހަރަށް 2025 ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ހިންމަފުއްޓާށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގެ ތަރައްްގީއަށް ކުރަން ހުރި ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށާއި، އެކިއެކި ދާއިރާތަކުން ކުރަން ހުރި ވަރަށް ގިނަ މަސައްކަތްތައް އެބަ ހުރި ކަމަށެވެ.
“އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރަށް އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ މި ދެންނެވި ކަންކަމުގެ އުފާވެރި މަންޒަރުތައް އަމަލީ ގޮތުން ފެނިގެންދާނެ ބަޖެޓެއް، އިރާދަކުރެއްވިއްޔާ އަންނަ އަހަރު މި ދެންނެވި ގޮތަށް މަސައްކަތްތައް ކުރެވިގެން ދާނެ،”. ރައީސް މުއިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ، މި ހިނގާ އަހަރަށް އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ބަޖެޓް ފާސްކޮށްފައި އޮތީ ގިނަ މަޝްރޫއުތަކެއް ކަށީގެންވާ ފަދަ ގޮތެއްގައި ނުކުރެވޭ ގޮތަށް ކަމަށާއި، މިހެންވުމުން ހަގީގަތުގައި މުހިންމު ކަންކަން އެންމެ އެކަށީގެންވާ ގޮތަކަށް ނުކުރެވުނު ކަމަށެވެ. “މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބަޖެޓްގެ ތެރެއިން އިރާދަކުރެއްވިއްޔާ ތިބޭފުޅުން ތި އެދިވަޑައިގަންނަވާ ކަންކަމުގައި އަމަލީ ސިފަ ޖެއްސޭނެ،”. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދޭނީ ގެދޮރު ބިނާ ކުރުމަށް ކަމަށެވެ. އަދި ގެދޮރުބިނާ ކުރުމުގެ އެންމެ ގިނަ މަޝްރޫއުތައް އެއް އަހަރެއްގެ ތެރޭގައި ކުރިއަށް ގެންދެވޭ އަހަރަށް 2025 ވާނެ ކަމަށްވެސް ވިދާޅުވިއެވެ. “ގެދޮރުވެރިކަމަކީ މި ސަރަހައްދަށް އަދި އަމުދުން، ވަރަށް ބޮޑުވެފައިވާ މައްސަލަ، އެހެންވީމަ ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުން އެއީ އެންމެ މުހިންމު އެއް ކަންތައް، މިރަށުގައިވެސް ބިން ހިއްކުމުގެ މަޝްރޫއެއް ހިންގިފައި އޮތުމާއި އެކީގައި ބިން އެންމެ އެދެވޭ ގޮތުގައި ހިފުމުގައި ގެދޮރުވެރިކަމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ހިތުން ރައްޔިތުން ގަބޫލު ކުރައްވާނެ،”. ރައީސް ވިދާޅުވެފައި ވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ. “މިރަށުގައިވެސް މި ދެ ދާއިރާއަށް ކުރަން ހުރި ކަންކަން އެބަ ހުރި، ސްކޫލްގެ މަސައްކަތްތަކެއް ކުރަން އެބަ ހުރި، ސިއްހީ ހިދުމަތުގައި އިތުރުކުރަން ހުރި ފުޅާކުރަން ބޭނުންވާ ކަންކަން އެބަ ހުރި، އެހެންވީމަ މި އަންނަ އަހަރު އެ ބަޖެޓްގެ ތެރެއިން އަލަށް ހިންގާ އިނީޝިއޭޓިވްގެ ތެރެއިން މި ދެންނެވި ދެ ދާއިރާއިން ކުރާނަން، އިރާދަކުރެއްވިއްޔާ،”. ރައީސް ވިދާޅުވިއެވެ.
ތިން ވަަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މަގުތަކާއި ގުޅޭ މައްސަލައެވެ. ރައީސް ވިދާޅުވީ، ގިނަ ރަށްތަކެއްގައި މަގުތައް އޮތީ ހަލާކުވެފައި ކަމަށާއި، މިގޮތުން ފުރަތަމަ ތަރުތީބުކޮށްފައި ވަނީ ފެނާއި ނަރުދަމާ އަޅަން ކަމަށެވެ. މިކަންކަން ނިމިފައި ހުރި ރަށްރަށުގައި މަގުތައް ހެދުން ކަަމަށްވެސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެއާއެކު އެކި ކަހަލަ އިޖުތިމާއީ މަޝްރޫއުތަކަށްވެސް ބަޖެޓުން ހޭދަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ކުޅިވަރާއި ގުޅުން ހުރި މަޝްރޫއުތަކަށް އިސްކަން ދިނުން ކަމަށްވެސް ވިދާޅުވިއެވެ. “އެހެންވީމަ މިކަހަލަ ގޮތަކަށް ތަރުތީބު ކުރެވިގެން މި އަންނަ އަހަރު ތެރޭގައި އަޅުގަނޑުވެފައި ހުރި ވައުދުތަކަށް، އަދި ރަށްރަަށަށް ބޭނުންވާ މުހިންމު ކަންކަން ފުއްދުގައި އަމަލީ މަސައްކަތްތައް ފަށާނަން، އަދި ދެން އަންނަ އަހަރަށް އޭގެ ބާކީ ހުރި މަސައްކަތްތައް ފެށުމަށް ރޭވިފައި މި އޮތީ،”. ރައީސް ވިދާޅުވެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
