
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކ. ހުރާގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅު ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކ. ހުރާ އަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ރަށަށް ބޭނުންވެފައިވާކަންކަން ރައްޔިތުންގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ މަސައްކަތްތައް ކުރިއަށްގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް ކަމަށެވެ. އެހެން ކަމުން ހުރާގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށާއި ބަނދަރު ނިންމާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އަޅުގަނޑު އިސްކަން ދޭނީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުން އެދޭކަންކަން ކޮށްދެވޭތޯ ބެލުމަށް. މިރަށުގެ ބަނދަރުގެ މަސައްކަތް އިރާދަކުރެއްވީތީ ކުރިއަށްދާނީ ރައްޔިތުން އެދިވަޑައިގެންނަވާ ގޮތަށް. އެގޮތަށް ނިންމަ ދޭނަން” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މުހިންމު ކަންކަން މި ސަރުކާރުން ރާވާފައިވާ ކަމަށާއި ނަމަވެސް މާ ގިނަ ކަންތައްތަކެއް ނިމިގެން މިދާ އަހަރުގައި ކުރެވިފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް ދިމާވީ، ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހުރެގެން މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާއި ގުޅިގެން ކަމަށާއި ނަމަވެސް މިހާރު ބަޖެޓު އެބަ އޮތް ކަމަށާއި އެހެން ކަމުން އެކަން ތަކުރާރު ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރު އެންމެ އިސްކަމެއް ދެނީ ގެދޮރުވެރިކަމަށް ކަމަށާއި ދެން އިސްކަމެއް ދޭ ތައުލީމީ ދާއިރާގެ ތެރެއިން ހުރާ ސްކޫލްގެ މަލްޓިޕާޕޯސް ހޯލް އަންނަ އަހަރު އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. “އޭގެ އިތުރުން އެންމެ އިސްކަން ދޭ އަނެއް ކަމަކީ ތައުލީމީ ދާއިރާއިން ކުރަން ހުރި ކަންތައްތަކަށް. މިރަށުގަ އެބަ ހުރި ސްކޫލެއް. އަޅުގަނޑު ދަންނަވާލަން ބޭނުން އިރާދަކުރެއްވިއްޔާ ތިބޭފުޅުން ތިއެދިވަޑައިގަންނަވާ މަލްޓިޕާޕޯސް ހޯލު މިއަންނަ އަހަރުގެ ބަޖެޓުން އަޅައިދޭނަން” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ތައުލީމީ ދާއިރާއާއި އެއްވަރަށް ސިއްހީ ދާއިރާގެ ކުރިއެރުމަށް ވެސް އިސްކަމެއް ދެއްވާ ކަމަށެވެ. ރައީސް ވަނީ ސިއްހީ ދާއިރާއިން ވެސް ރަށުގެ ރައްޔިތުން އެދިލައްވާ ކަންކަން އެބަހުރިކަން ފާހަގަކޮށް އެކަންކަން ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
“ސިއްހީ ދާއިރާއިން ވެސް ތިބޭފުޅުން އެދިވަޑައިގަންނަވާ ކަންކަން އެބަހުރި. ހެލްތް ސެންޓަރު ތަރައްގީ ކުރުމުގަ. ސްކޭން ކުރެވޭ ހިދުމަތް ގާއިމު ކުރުމާ، އަދިވެސް އިތުރު ވަސީލަތްތައް ގާއިމުކޮށްފަ ފުރިހަމަ ކުރުމަށް. އެކަންކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން. އެއީ އަޅުގަނޑުމެން ޕްލޭންކޮށްފަ ވައުދުވެފަ ހުރިކަންކަން” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދާނީ ވެސް ހުރާ ހިމެނޭހެން މުޅި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި 2025 އާއި 2026 ވެގެން ދާނީ އެމަނިކުފާނު އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް އަމަލީ ގޮތުން ފުދިގެން ދާނެ ދެއަހަރު ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
