
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތައް މެދުވެރިކޮށް މާރު ކުރުމުގައި ދެ އިހްތިޔާރެއް ލިބޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބޭރު ފައިސާއާ ބެހޭ ބިލް ނުވަތަ ފޮރެކްސް ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ. މަޖިލީހަށް އެ ބިލް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުއެވެ. މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުންގެ ހިޔާލު ހޯދުމަށްފަހު މަޖިލިހަށް ފޮނުވި ބިލެކެވެ.
މި ބިލު ހުށަހެޅުމުގެ މަގުސަދަކީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި، ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި ބެހޭ އުސޫލުތައް ކަނޑައެޅުމެވެ. އަދި އެނޫންވެސް ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާބެހޭ ހަރުދަނާ އޮނިގަނޑެއް ވަނީ ހިމަނާފައެވެ. މި ބިލާއި ގުޅޭގޮތުން މައުލޫމާތު ދެެއްވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، އެ ބިލަށް ބަދަލު ގެނެސްފައިވަނީ އާންމުންނާއި، ބައެއް އިދާރާތަކުގެ އެދުމާއެކު ކަމަށާއި، މި ބިލަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާކޮށް އެންމެ ރަނގަޅު ގޮތުގައި ކަމަށެވެ.
ބިލަށް އަލަށް ގެނެސްފައިވާ މައިގަނޑު ބަދަލަކީ “ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް” މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން މާރު ކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރު ކުރުމެވެ. ދެވަނަ ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކަކުން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރުން ނުވަތަ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހޭނެއެވެ.
އެމްއެމްއޭއިން ވިދާޅުވީ، ބޭރު ފައިސާއިން އަދާ ކުރަންޖެހިފައިވާ ޓެކްސްގެ އިތުރުން ސަރުކާރަށް ބޭރު ފައިސާއިން އަދާކުރަންޖެހޭ މުއާމަލާތްތައް އިސްތިސްނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ހާލަތުގައި އިސްތިސްނާވާ ފަރާތްތަކެއް ބިލްގައި ކަނޑައަޅާފައިވޭ. އެއީ:
1- ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުން
2- އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން
3- ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް ތިބޭ މީހުން
ބޭރު ފައިސާއާ ބެހޭ ބިލްގައިވާ ގޮތުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރުފިޔާއަށް ނިސްބަތްކޮށް، ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓް އޮތޯރިޓީން ކަނޑައަޅައިފި ނަމަ، އެކަން އާންމުކޮށް ޝާއިއު ކުރަން ވާނެއެވެ. އަދި ފައިސާއެއްގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތައް ވެސް ގަވައިދުން އާންމުކޮށް ޝާއިއު ކުރަން ވާނެ ކަމަށް ބިލްގައި ބުނެފައިވެއެވެ. އޮތޯރިޓީން ކަނޑަނާޅާ ބޭރު ފައިސާއެއްގެ އެކްސްޗޭންޖް ރޭޓް ކަނޑައަޅާނީ އެ މުއާމަލާތް ކުރާ ފަރާތުން ކަމަށް އޭގައިވެއެވެ.
ބިލްގައި ބުނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން މީރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ “ރިއަލައިޒްޑް ޕްރޮސީޑްސް” އެކުގައި އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާ ނުވަތަ ޖަމާކުރަން ވާނެ ކަމަށެވެ. އޮތޯރިޓީން ހުއްދަ ކުރާ ކޮންމެ ފައިސާއަކުން ވެސް ބޭންކަށް ޖަމާ ކުރެވޭނެ ކަމަށް ބިލްގައިވެއެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
