
އިޓަލީއަށް ނިސްބަތްވާ ކްރޫޒް ޝިޕެއްކަމަށްވާ އޭއައިޑީއޭއަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ. އެމްއެމްޕީއާރްސީން ވިދާޅުވި ގޮތުގަައި ސްވިޒަލޭންޑާއި އޮސްޓްރިއާ އަދި ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށް ޙާއްސަކޮށްގެން އޮޕަރޭޓްކުރާ މި ކްރޫޒް ޝިޕް އޮމާންގެ މަސްކަޓުން ފުރައިގެން ރާއްޖެ އައިސްފައިވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު، 2139 ފަތުރުވެރިން ގޮވައިގެންނެވެ.
މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ އެދުމުގެ މަތިން ރެގިއުލޭޓަރީ ބަދަލުތައް ގެނައުމަށް ފަހު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒް ޝިޕް ކަމަށާއި އޭއައިޑީއޭގެ މި ޒިޔާރަތާއެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އޭއައިޑީއޭގައި ރާއްޖެއަށް މިއަދު އައި ފަތުރުވެރިންނާއެކު މާލެ އާއި ހުޅުމާލޭގެ ސަރަޙައްދުގައި ހިންގާ ރެސްޓޯރެންޓްތަކާއި ސުވެނިއާ ފިހާރަތަކާއި ދޯނިތަކާއި ގެސްޓް ހައުސްތަކާއި ރީޓެއިލް އައުޓްލެޓްތައް ފަދަ ވިޔަފާރިތަކަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންގޮސް، މި ސަރަޙައްދުގެ އެންމެ މަތީ ސަފުގައި ހިމަނާލެވޭ ކްރޫޒް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ބެލެވޭ ކަމަށް ވިދާޅުވެފައިވެއެވެ.
ރާއްޖެއަށް މި ކްރޫޒް ލައިނަރ އައުން މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަަމަށާއި މިއާއެކު ރާއްޖޭގެ އިޤްތިޞާދު ހަރުދަނާވުމުގެ އިތުރުން، ބޭރުގެ ރިޒާވް އިތުރުވެ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މި ކުރު، ނަމަވެސް މުހިންމު ދަތުރު ނިންމާލާ އޭއައިޑީއޭ ރާއްޖޭން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 6:00 ގައެވެ. އެކިއެކި ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދަނީ ދުވަހުން ދުވަހަށް ހަލުވިކަމާއެކު ކުރިއަރަމުންނެވެ. އޭއައިޑީއޭ ރާއްޖެއައުމާއެކު ލިބުނު މި ކާމިޔާބީގެ އިތުރުން ރާއްޖޭން މިފަހުން ވަނީ ޑަބްލިއުޓީއޭގެ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ މަގާމު ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ މަގާމު ވެސް ކާމިޔާބުކޮށްފައެވެ.
ކްރޫޒް ޓުއަރިޒަމްގެ މި އައު ބާބުން މުސްތަގުބަލުގައި ރާއްޖެއަށް އިތުރު ފަތުރުވެރިން ޒިޔާރަތްކުރުމުގެ މަގު ފަހިކޮށްދީ، މި ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބި، ރާއްޖޭގެ އިގްތިސާދަށް ގިނަގުނަ ހެޔޮ އަސަރުތަކެއް ކުރާނެކަމުގެ އެއްވެސް ޝައްކެއްނެތް ކަމަށް ވެސް އެމްއެމްޕީއާރްސީން ފާހަގަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
