
އިސްލާމީ ޢަޤީދާގެ މަތީގައި ތިބި، ޤައުމު ދެކެ ލޯބިވާ ދަރިންތަކެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވާފައެވެ. ރައީސް މިގޮތަށް އިލްތިމާސް ކުރެއްވީ މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ މުސްތަޤުބަލަކީ އުޖާލާ މުސްތަޤުބަލެއް ކަމަށާއި، މިއަދުގެ ރަސްމިއްޔާތުގައި ދަރިވަރުން ހުށަހެޅި ހުށަހެޅުންތަކުން އެކަން ސާބިތުވެއްޖެ ކަމަށެވެ. އަދި މާފަންނު މަދަރުސާގެ ތަރައްޤީއަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށް ވިދާޅުވެ، މާލޭ ސިޓީ ކައުންސިލުން ވެސް ސްކޫލަށް އެހީތެރިވުމަށް ގޮވާލައްވާފައިވެއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ތެރޭގައި ސްކޫލުގެ ގްރައުންޑް ފްލޯރގައި އިސްރަށްވެހިންނަށް ފަސޭހައިން ބޭނުންކުރެވޭނެ ހޯލެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިތުރު އަހަންމިއްޔަތުކަމެއް ދެއްވާނެ ކަމަށާއި، އެ ރޮނގުން މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް 2025 ވަނަ އަހަރު އިތުރަށް ފުޅާކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކޮންމެ ސްކޫލަކުން ސަރުކާރުގައި ދަތިވާ ކަނކަމަށް އެދިއްޖެނަމަ ރައީސްގެ ސަރުކާރުން އެކަންކަން ކޮށްދެއްވާނެ ކަމަށެވެ. އަދި މާފަނުނު މަދަރުސާއަކީ ވެސް ގައުމަށް ފައިދާހުރި އެތަކެއް ދަރިންނެއް ތައްޔާރުކޮށްދެއްވާފައިވާ ސްކޫލެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރަސްމިއްޔާތުގައި ރައީސް ވަނީ މާފަންނު މަދަރުސާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ. މާފަންނު މަދަރުސާ ފުރަތަމަ ހުޅުވުނީ 1984 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މިހާރު މި ސްކޫލަކީ ނާސަރީއާއި ޕްރީ ސްކޫލު ޢުމުރުފުރާގެ ދަރިވަރުންނަށް ޚާއްޞަކުރެވިފައިވާ ސްކޫލެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
