
(ފޮޓޯ ކްރްޑިޓްސް: ބީބީސީ)
ސީރިޔާގެ އިދިކޮޅު ބާރުތަކުން ވަނީ ސީރިޔާ “މިނިވަން” ވެއްޖެކަމަށް އިޢުލާނުކޮށް، “އަނިޔާވެރިޔާ” ރައީސް ބަޝާރު އަލް އަސަދު ވަނީ ފިލައިގެން ގޮސްފައިކަމަށް ބުނެފައެވެ. މިއީ އަނދިރި ޒަމާނެއްގެ ނިމުމާއި އައު ޒަމާނެއްގެ ފެށުން ކަމަށް ހައިއަތު ތަޙްރީރު އައްޝާމް (އެޗްޓީއެސް) އިން ޓެލެގްރާމްގައި ބުނެފައިވެއެވެ. އަސަދުގެ ވެރިކަމުގެ ނިޒާމުގެ ދެބައިކުޅަ އެއްބައި ގަރުނުގެ ވެރިކަމުގައި ރަށުން ބޭރުކުރެވުނު ނުވަތަ ޖަލަށްލެވުނު މީހުންނަށް މިހާރު ގެއަށް އެނބުރި އާދެވޭނެކަމަށް ބަޣާވާތްތެރިން ބުނެއެވެ.
މިއީ “އައު ސީރިޔާ” އެއް ކަމަށާއި، އެއީ “އެންމެން ސުލްޙަވެރިކަމާއެކު ދިރިއުޅޭ އަދި ޢަދުލުވެރިކަން ނަގަހައްޓާ” ތަނަކަށް ވާނެކަމަށް އެޗްޓީއެސް އިން ބުނެފައިވެއެވެ. ދިފާޢީ މިނިސްޓްރީއާއި ސީރިޔާގެ ހަތިޔާރުއެޅި ބާރުތައް ހިމެނޭ މުހިންމު ސަރުކާރު އިދާރާތައް ހުންނަ، ދިމަޝްޤުގެ މެދުތެރޭގައިވާ ފާހަގަކޮށްލެވޭ ތަނެއްކަމަށްވާ އުމައްޔަދު ސްކުއެއަރގައި މިހާރު އުފާފާޅުކުރުމުގެ ހަފްލާތައް ފެށިފައިވާކަމުގެ ރިޕޯޓުތައް އެބަހުއްޓެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ދައްކާ ގޮތުން މިއުޒިކް ގަދައަށް ޖަހަމުންދާއިރު، ގާތްގަނޑަކަށް ބާރަވަރަކަށް މީހުން ސިފައިން ދޫކޮށްލާފައި ދިޔަކަމަށް ބުނެވޭ ޓޭންކެއް ވަށައިގެން ޑާންސްކުރަމުންދެއެވެ. ސީރިޔާގެ ދިފާޢީ މިނިސްޓްރީގެ އިސްވެރިން ދިމަޝްޤުގައި ހުރި އެމީހުންގެ މައި އޮފީހުން ވަކިވެފައިވާކަމަށް ރިޕޯޓުކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
