
މާފަންނު މަދުރަސާގެ ދަރިވަރުން އެދުނު ގޮތަށް އެސްކޫލްގައި އާ ހޯލެއް އިމާރާތް ކޮށްދެއްވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މާދަންނު މަދުރަސާއަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ޝުކުރު އަދާކުރަމުން އެ ސްކޫލުގެ ޔޫކޭޖީގެ ދެ ދަރިވަރުން ވަނީ އެސްކޫލުގައި ހޯލެއް ހުރި ނަމަވެސް، އެ ތަނުގައި އެފަދަ ޖަލްސާތައް ނުބޭއްވޭކަން ފާހަގަ ކޮށްފައެވެ. އެއީ އެ ހޯލަކީ 3 ވަނަ ފަންގިފިލާގައި ހުރި ހޯލެއް ކަމުން، ކުދިންގެ މާމަމެންނަށް ތިން ވަނަ ފަންގިފިލާއަށް އެރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީކަން އެ ދަރިވަރުން ފާހަގަ ކުރެއްވިއެވެ. އަދި މިއާއެކު އެދަރިވަރުން ވަނީ ރައީސްގެ އަރިހުން، އެ ސްކޫލުގެ ގްރައުންޑުގައި ހޯލެއް އިމާރާތްކޮށްދެއްވުމަށް އެދިފައެވެ.
އެކުދިންގެ ވާހަކަތަކާއި ގުޅިގެން ރައީސް ވިދާޅުވީ، އެ ސްކޫލަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ އެކުދިން އެހާ ޝައުގުވެރިކަމާއެކީ ދެއްކީތީ، އެ ސްކޫލުގައި އަންނަ އަހަރު އާ ހޯލެއް އިމާރާތް ކޮށްދެއްްވާނެ ކަމަށެވެ. “ތުއްތު ލޮބުވެތި ދަރިވަރުން މިތަނުގަ މިސްކޫލަށް ދަތިވެފައިވާ ކަންކަން ފާހަގަކުރައްވާ އެހާ ޝައުގުވެރިކާއެކީގަ ފާހަގަ ކޮށްދެއްވާފައިވާތީއާއި އެކީގައި ފުރަތަމަ ވެސް އޅުގަނޑު ބޭނުންވަނީ ޔަގީންކަންދޭން އިރާދުކުރެވިއްޔާ މިއަންނަ އަހަރު މިސްކޫލުގަ ތިޔަ ލޮބުވެތި ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭ ގޮތަށް ބިންމަތީގަ ހުންނަ ހޯލެއް ހަދައިދޭނެ ކަމުގެ ޔަގީންކަން” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 40 އަހަރު ދުވަހަކީ ޖީލެއް ބިނާ ކުރުމުގައި ވަރަށް ގިނަ ދުވަސްތަކެއް ކަމަށެވެ. އަދި މާފަންނު މަދުރަސާއަކީ ފަހުރުވެރި އެތަކެއް ދަރިވަރުންތަކެއް އުފައްދާފައިވާ ސުކޫލެއްކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. ހަމަ އެއާއެކު އެކިއެކި ދާއިރާތަކުން ގައުމަށް ހިދުމަތް ކުރުމުގައި އެ ސްކޫލުގެ ދަރިވަރުން ތިބިކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރަޢީސް ވިދާޅުވީ، ސަރުކާރުން މަފަންނު މަދަރުސާގެ ކުރިއެރުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
ކޮމިއުނިޓީ ސްކޫލްތަކަކީ ވަރަށް މުހިންމު ތަންތަން ކަމަށާއި، ކޮމިއުނިޓީ ކޮންސެޕްޓްގައި ސްކޫލުތައް ހިންގުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއި ހަވާލު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ އެހެން ސްކޫލްތަކުން ވެސް ސްކޫލުތަކުގެ ކުރިއެރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިއްޖެނަމަ، އެކަމެއް މިސަރުކާރުން ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފއެވެ. މި ހަފްލާގައި ވަނީ މި ސްކޫލަށް އެކިއެކި ގޮތްގޮތުން ހިދުމަތް ކޮއްދެއްވައިފައިވާ ހިދުމަތްތެރިންނަށް އެކަން ފާހަގަކޮށް ހަނދާނީ ފިލާ އަރުވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
