
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްޤީކޮށް ނިމުމުން މާލޭގެ ތޮށްޖެހުމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލެއަށް މީހުން ޖަމާވަނީ ގެދޮރުވެރިކަމާއި، ވަޒީފާ އަދި ތައުލީމީ ފުރުސަތުތައް ހޯދުމަށް ކަމަށްވާތީ، ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން އާބަން ސެންޓަރުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ސަރުކާރުން ވަނީ ފަށާފައެވެ. މި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކާއި ބޭނުންވާ އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމުން މާލޭގައި ދިރިއުޅޭ މީހުން އަތޮޅުތަކަށް ބަދަލުވާން ފަށާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމަށްޓަކައި މިއަހަރު ތެރޭގައި ޕާކިންގ ބިލްޑިންގތަކުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މާލޭގެ މައްސަލަތަކަށް ވަށާޖެހޭ ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ރައްޔިތުންގެ އަޑު” އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މާފަންނު ދެކުނު، އުނގޫފާރު،...
ބަރުދަން ލުއިކުރަން ސައްޙަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް...
“ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް...
ސަރަޙައްދީ އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަށް ގިނަ މަސައްކަތްތަކެއް
ރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ހެދުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިގުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ޖަޕާނު...
“އަމާޒަކީ ރާއްޖެއާއި ޖަޕާނުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުން”
ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކޮށް، ދެޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ޖަޕާނު އެމްބަސީން ބޭއްވި...
މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން) ގައުމީ އެއާލައިން މޯލްޑިވިއަންގެ ފެންވަރު ރަނގަޅުކޮށް، ދުނިޔޭގެ ބޮޑެތި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް...
