
މީގެ 19 އަހަރު ކުރިން، ޔުނިސެފްގެ ކަލަންޑަރަކަށް ލިއޮނެލް މެސީ އާއި ލަމީން ޔަމާލް އެކުގައި ނަގާފައިވާ ފޮޓޯއަކަށް މިރޭގެ ވޯލްޑް ކަޕް ފައިނަލާ ދިމާކޮށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. އޭރު އުމުރުން އެންމެ އަހަރެއް ނުވާ ޔަމާލް، މެސީ ފެންވަރުވާ މަންޒަރު ފެންނަ މި ފޮޓޯއަކީ ފުޓްބޯޅައިގެ މިހާރާއި ކުރިމަގު ރަމްޒުކޮށްދޭ ތާރީޚީ ފޮޓޯއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މި ފޮޓޯއާ ގުޅިފައިވާ ތަފާތު އިއްތިފާގުތަކެއް ފާހަގަކުރެވެއެވެ. އެގޮތުން ފޮޓޯއަށް 19 އަހަރު ވެފައިވާއިރު، ޔަމާލްގެ އުމުރަކީވެސް 19 އަހަރެވެ. އަދި ސްޕެއިން ޓީމުގައި އޭނާ ބޭނުންކުރާ 19 ނަންބަރު ޖާޒީއަކީ އެ ފޮޓޯ ނެގިއިރު ބާސެލޯނާގައި މެސީވެސް ބޭނުންކުރި ނަންބަރެވެ. ޔަމާލްގެ ބައްޕަ “ދެ ލެޖެންޑުންގެ ފެށުން” މި ނަމުގައި އާންމުކުރި މި ފޮޓޯއަށް މީހުންގެ ސަމާލުކަން އިތުރުވީ، ބާސެލޯނާގެ ލެޖެންޑް މެސީއާ ދެކޮޅަށް، އޭނާގެ މަގާމު ފުރަމުން އަންނަ ޒުވާން ތަރި ޔަމާލް މިރޭގެ ފައިނަލްގައި ނުކުންނާތީއެވެ. މިއީ މި ދެ ކުޅުންތެރިން ދަނޑުމަތީގައި ބައްދަލުވާ ފުރަތަމަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
