Read Time:2 Minute, 28 Second

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާތީ، އެ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ޒުވާނުންގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ އާބާދީ ދުވަހުގެ މެސެޖުގައި ރައީސް ފާހަގަކުރެއްވީ، ޒުވާނުންގެ ކިބައިގައި ދުޅަހޔޮ އާދަތައް އަށަގަންނުވައިގެން ބަލިތަކުން ރައްކާތެރިކުރުމުން، އުފެއްދުންތެރި މަސައްކަތްތެރިން ބިނާކުރެވޭނެ ކަމަށެވެ. އަދި ކެއަރ އިކޮނޮމީ ވަރުގަދަކުރުމުން ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ފަރުވާ ލިބި، އާއިލާތަކަށް އޮންނަ ބުރަ ލުއިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

މީގެ އިތުރުން، އާބާދީގެ 39 އިންސައްތަ ހިއްސާކުރާ ޒުވާނުންނަށް ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އިސްކަމެއް ކަމަށާއި، “މޯލްޑިވްސް 2.0” ގެ ދަށުން ޚިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލް އިޤުތިޞާދެއް ބިނާކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީގެ ސިޔާސަތުތައް ބިނާކުރުމަށްޓަކައި އާބާދީގެ ތަފާސްހިސާބުތައް ހަރުދަނާކޮށް، 2030 ވަނަ އަހަރުގެ ބޯހިމެނުން ޒަމާނީ ‘ހައިބްރިޑް’ އުސޫލަކުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %