Read Time:2 Minute, 31 Second

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)

 

 

އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ފަށައި، ދައުލަތުގެ އިދާރާތަކުން “ބޭސްލައިން ބަޖެޓު” ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ބޭސްލައިން ބަޖެޓަކީ މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ހަރަކާތްތަކަށް އެކަނި އަމާޒުކޮށް، އާ ކަންކަން ނުހިމަނާ ތައްޔާރުކުރާ ބަޖެޓެކެވެ. މި ބަޖެޓުގެ މުހިންމު އަމާޒުތަކުގެ ތެރޭގައި ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި، ޚަރަދުތައް ކުޑަކޮށް ނަތީޖާ ނެރުމާއި، އަދި އެހީތެރިކަން އެންމެ ބޭނުންވާ ފަރާތްތަކަށް އިސްކަންދީގެން ޚިދުމަތްތައް ރަނގަޅުކުރުން ހިމެނެއެވެ.

 

 

އިދާރާތަކުން ބަޖެޓު ތައްޔާރުކުރަންވާނީ މާލީ ވުޒާރާއިން ކަނޑައަޅާފައިވާ ސީލިންއަށްވުރެ ބޮޑު ނުވާނެހެން، އިސްރާފު ކުޑަކުރެވޭނެ ގޮތަކަށެވެ. މީގެ ތެރޭގައި މުވައްޒަފުންގެ ޚަރަދުތައް މިހާރު ހުރި މިންވަރުގައި ހިފެހެއްޓުމާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކާއި މަރާމާތުތަކަށް އެކަނި ބަޖެޓުކުރުން ހިމެނެއެވެ. ދައުލަތުގެ ހުރިހާ އިދާރާތަކުން އަންނަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބަޖެޓު ހުށަހަޅަންޖެހޭއިރު، ވަގުތަށް ބަޖެޓު ނުފޮނުވާ އިދާރާތަކުގެ ބަޖެޓު ތައްޔާރުކުރުމުގެ އިޚްތިޔާރު މާލީ ވުޒާރާއަށް ލިބިގެންވެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %