Read Time:2 Minute, 9 Second

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

އީރާނުގެ ކުރީގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ އަވަހާރަކޮށްލި ކޮށްލުމުގެ ބަދަލުހިފާނެ ކަމަށް އައު ރޫޙީ ވެރިޔާ މުޖުޠަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި އޭނާ ވިދާޅުވީ، ޔަހޫދީންނާއި އެމެރިކާ ގުޅިގެން ދިން ޙަމަލާތަކުގައި ޝަހީދުވި ބައްޕާފުޅާއި އެހެނިހެން މީހުންގެ ލޭގެ ބަދަލު ހިފުމަކީ ޤައުމީ އެދުމެއް ކަމަށެވެ.

 

 

ފެބްރުއަރީ މަހު ދިން މި ޙަމަލާގައި މުޖުޠަބާ ޚާމަނާއީއަށް ވެސް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މަޤާމާ ޙަވާލުވެވަޑައިގަތް ފަހުން އަދި އާންމުންގެ ކުރިމައްޗަށް ނިކުމެވަޑައެއް ނުގަންނަވައެވެ. މި ވަގުތު އީރާނަށް އެމެރިކާގެ ޙަމަލާތައް ކުރިމަތިވަމުންދާއިރު، އައު ރޫޙީ ވެރިޔާގެ ޞިއްޙީ ޙާލަތާއި ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިނުގަންނަވާތީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭނާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ސަރުކާރު ދެމިއޮތަސް ނެތަސް، މި ޖަރީމާ ހިންގި މީހުންގެ ކިބައިން ބަދަލުހިފުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %