
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެދުއިރުމަތީގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު ފޭލުވެފައިވާ ކަމަށް ވިދާޅުވެ، އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މުސްލިމުން ނައްތާލަން ޔަހޫދީން ހިންގާ ޤަތުލުޢާންމުތަކާ މެދު ދުނިޔެ ހަނުއޮތް އިރު، ބައެއް ފަރާތްތަކުން ޔަހޫދީންނަށް އެހީތެރިވަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރަޙައްދީ ހަމަނުޖެހުންތަކުގެ ޒިންމާ ޔަހޫދީން އުފުލަންޖެހޭނެ ކަމަށާއި، އީރާނުން އިސްލާމީ އެއްބައިވަންތަކަން ދަމަހައްޓާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި ވާހަކަތައް އޭނާ ދައްކަވާފައި ވަނީ، އެމެރިކާއާއި ޔަހޫދީންގެ ޢުދުވާނީ ޙަމަލާއެއްގައި ޝަހީދުކޮށްލާފައިވާ އީރާންގެ ކުރީގެ އިސް މުރުޝިދު އާޔަތުالله ޢަލީ ޚާމަނާޢީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށިފައިވާ ދަނޑިވަޅެއްގައެވެ. ޚާމަނާޢީގެ ހަށިކޮޅު ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ އީރާނާއި ޢިރާޤުގެ އެކި ސިޓީތަކުގައި ބާއްވާ ރަސްމިއްޔާތުތަކަށް ފަހު ޖުލައި 9 ވަނަ ދުވަހު މަޝްހަދުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
