Read Time:2 Minute, 5 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އިސްކަންދޭނީ މަޖީދީމަގާއި، ކަނބާއައިސާރާނީ ހިނގުމުގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލަށް ދާން އޮންނަ މަގުތައް ހެދުމަށް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ މާލޭގެ ފެންބޮޑުވުމާއި ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފަރުމާކޮށްފައިވާ މަސައްކަތެކެވެ. މިހާރު ކުރިއަށްދަނީ މަޝްރޫޢުގެ ސާވޭތަކާއި ޑީޓެއިލް ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ކަމަށާއި، މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ޗައިނާ ސަފީރު ކޮންގް ޒިންހުއާވެސް ބައިވެރިވެވަޑައިގެންނެވި މި ޒިޔާރަތުގައި، މިއީ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ގޮންޖެހުންތަކުން ފުރިގެންވާ ނަމަވެސް މުހިންމު މަޝްރޫޢެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %