
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރ. އަލިފުށީގައި ތަރައްޤީކުރާ އެއާޕޯޓާއި 30 އެނދުގެ ހޮސްޕިޓަލްގެ މަޝްރޫޢު މި ދައުރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސް ހަމަޖެހިފައިވާ ކަމަށާއި، ލަސްތަކެއްނުވެ އަމަލީ މަސައްކަތް ބާރުމިނުގައި ފެށިގެންދާނެ ކަމަށެވެ.
އަލިފުށީގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލަކީ 128 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި ހޮސްޕިޓަލާއެކު އެރަށުގައި ސްޕެޝަލިޓީ ޑޮކްޓަރުންގެ ޚިދުމަތް ފުޅާވެ، އައިސޮލޭޝަން ފެސިލިޓީއާއި ސޯލާ ހަކަތަ ފަދަ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، 426 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ އެއާޕޯޓަކީ ބިން ހިއްކުމުގެ ބޮޑު ބައެއް ނިމިފައިވާ، އަދި އެރަށުގެ ބޯހިޔާވަހިކަމާއި އިޤްތިޞާދާވެސް ގުޅިފައިވާ މުހިންމު މަޝްރޫޢެކެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އެންމެ އިސްކަމެއް ދޭ ޞިއްޙީ ދާއިރާ ހަރުދަނާކުރުމުގެ ތެރެއިން އަލިފުށީގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުރިހަމަކުރައްވާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
