Read Time:1 Minute, 56 Second

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

އދގައި ހުންނަ އިސްރާއީލުގެ މަންދޫބު ޑެނީ ޑެނަން، އދގެ ބައްދަލުވުމެއްގައި ހަޑިހުތުރު ބަހުން ވާހަކަދައްކައި، ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ މަންދޫބު ޕްރަމިލާ ޕެޓެންގެ އިސްތިއުފާއަށް ގޮވާލި މައްސަލަ ހޫނުވެއްޖެއެވެ. ނިއުޔޯކުގައި ބޭއްވި މި ބައްދަލުވުމުގައި ޑެނަން ވަނީ އދގެ މަންދޫބުންނަށް ޒާތީ ގޮތުން ހަމަލާދީ، އެ ބޭފުޅުންނަކީ އިސްރާއީލާ ދެކޮޅުވެރި ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް އދގެ މަންދޫބުން ވަނީ އިސްރާއީލުން ހިންގާ ޖަރީމާތަކުގެ ސާބިތު ހެކި އެބަހުރި ކަމަށް ބުނެ ރައްދު ދީފައެވެ. މި ކުރިމަތިލުން އުފެދުނީ ހަނގުރާމައިގެ ތެރޭގައި ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރާ ގައުމުތަކުގެ ލިސްޓުގައި އިސްރާއީލު ހިމަނައި، އެ ގައުމުން ހިންގާ ލާއިންސާނީ އަމަލުތައް ހާމަކޮށް ޕެޓެން ނެރުއްވި ރިޕޯޓަކާ ގުޅިގެންނެވެ. އިސްރާއީލުން މި ރިޕޯޓު ބަލައިގަންނަން ދެކޮޅު ހަދާއިރު، އދގެ ތަހުގީގުތަކަށް އެ ގައުމުން ސީދާ ގޮތުން ހުރަސްއަޅަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %