
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި އިސްތިޢުމާރީ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގައި، ވޭތުވެދިޔަ އަށް މަސްދުވަހު އެވުރެޖުކޮށް ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޝަހީދުކޮށްލާފައިވާ ކަމަށް ޔުނިސެފުން ހާމަކޮށްފިއެވެ. ޙަމަލާތައް ހުއްޓާލުމަށް އިޢުލާނުކުރި ފަހުންވެސް 265 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު، ޔުނިސެފުން މިކަން ސިފަކޮށްފައިވަނީ ރަޙުމެއްނެތް ނުރައްކާތެރި އަމަލެއްގެ ގޮތުގައެވެ.
ޣައްޒާގެ ކުޑަކުދިންނަށް އަމާޒުކޮށް ގެދޮރާއި، މަދަރުސާތަކާއި، ފޭލިގެތަކަށް ނިރުބަވެރި ޙަމަލާތައް ދެމުންދާއިރު، އިސްތިޢުމާރީ ސިފައިން ދަނީ ކަނޑައެޅިގެން ކުޑަކުދިންގެ ގަޔަށް ބަޑިޖަހައި ޑްރޯން ޙަމަލާތައް ދީ ޝަހީދުކުރަމުންނެވެ. މީގެ އިތުރުން، ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުކޮށްލުމުގެ ސަބަބުން ބޭހާއި ފަރުވާއަށް ޖެހި، ކުޑަކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދަނީ ލިބެމުންނެވެ. 2023 އޮކްޓޫބަރުން ފެށިގެން ހިންގަމުންދާ މި ޤަތުލުޢާންމުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ލުބްނާންގައިވެސް ޔަހޫދީން ދަނީ ކުޑަކުދިންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ޙަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި ފަހުންވެސް، ރެފިއުޖީން ތިބި ފޭލިގެތަކަށް ޙަމަލާދީ އިތުރު އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
