
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން އައިއެމްއެފް އިން ނެރުނު ރިޕޯޓުގައި، މެދުއިރުމަތީގެ ހަނގުރާމައާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ އިޤްތިޞާދީ މިސްރާބު ހުރީ ރަނގަޅު މަގަކަށްކަން ފާހަގަކޮށްފައިވެއެވެ. ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، އަންނަ އަހަރު އިޤްތިޞާދީ ދުވެލި %4 ގައި ހިފެހެއްޓޭނެ ކަމަށް އަންދާޒާކުރެވެއެވެ.
ޚާއްޞަގޮތެއްގައި، މި ސަރުކާރުން ދަރަނި ދެއްކުމުގައި ދައްކަމުންދާ ނަމޫނާ އައިއެމްއެފް އިން ބަލައިގަނެފައިވެއެވެ. ވޭތުވެދިޔަ ދެ ސަރުކާރުން 5 އަހަރުގެ ތެރޭގައި ދެއްކި މިންވަރަށްވުރެ އިތުރަށް، މި ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިއަން ޑޮލަރުގެ ދަރަނި ވަނީ އަދާކޮށްފައެވެ. މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ.
އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކާއި، ބޭރު ފައިސާ މާރުކުރުމުގެ އާ ޤަވާޢިދުގެ ސަބަބުން ރިޒާވް ރަނގަޅުވަމުން އަންނަކަން އައިއެމްއެފް އިން ފާހަގަކުރެއެވެ. މީގެ އިތުރުން ސަބްސިޑީ ނިޒާމަށް ގެނައި ބަދަލާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިޞްލާޙުކުރުމުގެ މަސައްކަތަކީ ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ. އައިއެމްއެފްގެ ލަފަޔަކީ ސިޔާސީ ޕްރެޝަރުތަކަށް ނުބަލައި، ޤައުމަށް އެންމެ ފައިދާހުރި އިޤްތިޞާދީ ނިންމުންތައް ނިންމުމުގައި ސާބިތުވެ އޮތުމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
