
(ފޮޓޯ ކްރެޑިޓްސް: މިފްކޯ)
ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 9،500 ޓަނުން 25،000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހި މަސްވެރިންނަށް ރަނގަޅު އަގު ހޯދައިދިނުމަށް މަގުފަހިވާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިގޮތުން ތިނަދޫ، މުލަކު، ފެލިވަރު، ކޫއްޑޫ، ފިޔޯރީ، ނިލަންދޫ އަދި ފުނައްޑޫގައި ކޯލްޑް ސްޓޯރޭޖްތައް ތަރައްޤީކުރުމުގެ މަސައްކަތް 2027 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މަސް ރައްކާކުރާނެ ޖާގަ އިތުރުވުމުން، މަސް ވިއްކުމުގައި ވާދަވެރި ބާޒާރެއް އުފެދި، އެންމެ މަތީ އަގު ލިބޭ ބަޔަކަށް މަސް ވިއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މަހަށް އަގު އެއްކުރުމަށްޓަކައި މަސްދަޅު ބަންދުކުރާ މިންވަރު އިތުރުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކްރިސްޓިއާނޯ ރޮނާލްޑޯ: ފުޓްބޯޅަ ތާރީޚު ދުށް އެންމެ މޮޅު ކުޅުންތެރިޔާ
(ފޮޓޯ ކްރެޑިޓްސް: ކްރިސްޓިއާނޯ ރޮނާލްޑޯ އެފްބީ ޕޭޖް) މެޑޭއިރާގެ މަގުތަކުން ފެށިގެން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުސްމިނަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުރި ދަތުރަކީ ހަގީގަތުގައިވެސް...
ރައީސް ނަޝީދުގެ ސަރުކާރު ވެއްޓެން މެދުވެރިވި ސަބަބުތައް
ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަކީ ދިވެހި ސިޔާސީ މަޝްރަހަށް އައި ބޮޑު ބަދަލެކެވެ. 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު...
އެމްޑީޕީ މޭޔަރާއި ކައުންސިލުން ހުރަސްއެޅިޔަސް، މަސް މާރުކޭޓު އަޅާނަން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލޭގެ ރައްޔިތުންނާއި މަސްވެރިންނަށް ބޮޑު ލުޔެއް ލިބޭނެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" މަޝްރޫޢަށް މާލެ ސިޓީ ކައުންސިލުން...
ޕޭޕަލް ތައާރަފުވުމުން ވިޔަފާރިވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުންގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހި ވިޔަފާރިވެރިންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރެއްވި މަސައްކަތުން، އުރީދޫ...
އައިއެމްއެފް ރިޕޯޓް: ފިޔަވަޅުތަކާއެކު އިޤްތިޞާދީ މިސްރާބުގެ ފާލު ރަނގަޅު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން އައިއެމްއެފް އިން ނެރުނު ރިޕޯޓުގައި، މެދުއިރުމަތީގެ ހަނގުރާމައާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން...
ކަނޑުމަގުން އެތެރެކުރަން އުޅުނު އެންމެ ބޮޑު ވޭޕް ޝިޕްމެންޓް ކަސްޓަމްސުން އަތުލައިގަނެފި
(ފޮޓޯ ކްރެޑިޓްސް: ކަސްޓަމްސް) ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި އާންމު މުދާ ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 15,601 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މިދިޔަ...
