Read Time:2 Minute, 3 Second

(ފޮޓޯ ކްރެޑިޓްސް: ކަރެކްޝަންސް)

 

 

ޖަލުން ނިކުންނަ ގައިދީންނަކީ މުޖުތަމަޢު ބަލައިގަންނަ، މަސައްކަތްތެރި ބަޔަކަށް ހެދުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން 10 ކޯހެއް އަލަށް އިފްތިތާހުކޮށްފިއެވެ. މި ކޯސްތަކުގެ ތެރޭގައި ދަނޑުވެރިކަމާއި، އިލެކްޓްރީޝަން އަދި ދީނީ ތަޢުލީމާއި މެނޭޖްމަންޓް ދާއިރާގެ ކޯސްތައް ހިމެނެއެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޖަލުތައް ތަރުތީބު ކުރައްވާނީ ގައިދީން ޖަލުން ނިކުންނައިރު އައު ހުނަރުތަކާއެކު އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފުރިހަމަ މީހަކަށް ހެދުމަށް ކަމަށެވެ. އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަކުރާ ކޮންމެ ދުވަހަކަށް ޖަލު ހުކުމުން ދުވަހެއް އުނިވާގޮތަށް ޤާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، ޖަލުތަކުގެ ތަޢުލީމީ ނިޒާމު ވަރުގަދަކޮށް، ގައިދީންނަށް އަމަލީ މަސައްކަތްތައް ދަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %