
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ މާކެޓަށް ނުކުމެ، އެ ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިފުމަށް ގޮވާލައްވާފައެވެ. މިއީ ރާއްޖޭގެ ކްރިއޭޓަރުންނަށް ކުރިމަތިވެފައިވާ މާލީ މުޢާމަލާތްތަކުގެ ގޮންޖެހުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ވެވަޑައިގެންނެވި ވަޢުދެއް ފުދިގެންދިޔަ ދަނޑިވަޅެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ޕޭޕަލްއަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅުއްވާ ޑިޖިޓަލް އިގްތިސާދުގެ ބޮޑު ތަސައްވުރުގެ މުހިންމު ބައެއް ކަމަށެވެ. މި ތަސައްވުރުގެ ދަށުން 2030 ވަނަ އަހަރާ ހަމައަށް ޑިޖިޓަލް އިކޮނޮމީގެ ހިއްސާ %15 އަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާއިރު، ގޫގަލް އާއެކު ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، އުފެއްދުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހިމެނޭ “ކްރިއޭޓަރ ހަބް” މިއަހަރުގެ ނޮވެމްބަރުގައި ހުޅުވޭނެ ކަމަށާއި، މިފަދަ ޑިޖިޓަލް އަދި ފިސިކަލް ވަސީލަތްތަކުގެ އެހީގައި ދިވެހި އުފެއްދުންތައް ދުނިޔެއަށް ދައްކާލުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
