
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމާ ގުޅިގެން، އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ މިއީ ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ދިވެހިން ބައިވެރިވުމަށް އޮތް ބޮޑު ހުރަހެއް ނައްތާލުން ކަމަށެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ހަރުދަނާ ލީޑަރޝިޕާއި ތަސައްވުރުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާކަން ފާހަގަކުރައްވައި، ރާއްޖޭގެ މާކެޓް ކުޑަވި ނަމަވެސް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ދެވޭނެކަން މިކަމުން ސާބިތުވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި ހިދުމަތުގެ ސަބަބުން ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް މާލީ މިނިވަންކަން ލިބި، ދުނިޔޭގެ ބާޒާރުގައި ދިވެހި އުފެއްދުންތަކަށް ފުރުސަތު ހުޅުވިގެންދާނެއެވެ. ޕޭޕަލް ރާއްޖެއަށް ގެނައުމުގައި ދިމާވި ގާނޫނީ އަދި ނިޒާމީ ގޮންޖެހުންތައް ހައްލުކުރީ އިސްތިރާތީޖީ ބަދަލުތަކެއް ގެނެސްގެން ކަމަށާއި، މި ނިޒާމު ދިވެހިންނާ ގުޅުވައިދިނުމަށް ޕޭޕަލްއިން އިހުތިޔާރުކުރި ބައިވެރިއަކީ އުރީދޫކަން ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
