
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ބްރެޒިލް އާއި މޮރޮކޯ ބައްދަކުރިމެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެއްވަރުވެފައިވަނީ އެއް ލަނޑު އެއް ލަނޑުންނެވެ. މިމެޗު މޮރޮކޯއިން ފަށާފައިވަނީ ވަރަށް ފޯރިއާއެކުއެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ބްރެޒިލް ހާސްކަމުގެ ތެރެއަށް ވެއްޓި ގިނަ ގޯސްތަކެއް ހަދަމުންދިއުމެވެ.
މިގޮތުން މޮރޮކޯއަށް މެޗުގެ ކުރީކޮޅު މެޗުގެ ލީޑު ނަގައިނެ ރަނގަޅު ގިނަ ފުރުސަތު ތަކެއް ލިބިގެންދިޔައެވެ. މިމެޗުގެ ލީޑު 21 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މޮރޮކޯއަށް ކާމިޔާބު ކޮށްދިނީ އިސްމާއީލް ސައިބާރީއެވެ. މިއީ ވޯލްޑް ކަޕްގައި މޮރޮކޯއަށް ބްރެޒިލްގެ ކޮޅަށް ލަނޑެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މޮރޮކޯއަށް މިލީޑު ދެމެހެއްޓޭވަރުވީ 10 މިނެޓް ވަންދެނެވެ. މިގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއަރ އޭނާގެ ހުނަރުވެރިކަމުގެ ބޭނުންހިދާ މެޗުގެ ނަތިޖާ ބްރެޒިލްއަށް އެއްވަރު ކޮށްދިން ތަނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް ފެނިގެންދިޔައީ އާންމުކޮށް ބޮޑެތި މުބާރާތް ތަކުގައި ފެނިގެންދާ ބްރެޒިލް ޓީމްގެ ހިޔަންޏެއްގެގޮތުގައެވެ.
މިމެޗުގެ ފުރަތަމަ ހާފު މިނަތީޖާގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފާއި ބްރެޒިލްއިން ކުރިމަތިލާފައިވަނީ ދެ ބަދަލަކާއެކު ޓީމުގެ ކުޅުން ރަނގަޅު ކުރަން ވިސްނައިގެންނެވެ. މިގޮތުން މިމެޗުގެ ދެވަނަ ހާފުގައި ބްރެޒިލްގެ ކުޅުން ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. ނަމަވެސް މިއާއެކުވެސް މޮރޮކޯގެ ޑިފެންސް އިތުރަށް ފޫއަޅުވާލުމުގައި ބްރެޒިލްއަށް ކުރިލިބިގެން ނުދިޔައިރު މޮރޮކޯއަށްވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗު އެއްވަރު ވުމުން މިދެޓީމަށް އެއް ޕޮއިންޓް ލިބިފައިވާއިރު މިގްރޫޕްގައި މޮރޮކޯ ކުޅޭ ދެވަނަ މެޗުގައި ނިކުންނާނީ ސްކޮޓްލަންޑް އާއި ދެކޮޅަށެވެ. އަދި ބްރެޒިލް ބައްދަލުކުރާނީ ހައިޓީ އާއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
