Read Time:1 Minute, 28 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %10 އިތުރު އަދަދެކެވެ. ނަމަވެސް، ފަތުރުވެރިން އަންނަ މިންވަރު މަދުވުމާ ގުޅިގެން މޭ މަހު ލިބުނު އާމްދަނީ ވަނީ %32 ދަށްވެފައެވެ. 2016 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ މި ޓެކުހަކީ ރިސޯޓުތަކާއި ސަފާރީ ފަދަ ތަންތަނުން ބޮލަކަށް 12 ޑޮލަރު އަދި ގެސްޓްހައުސްތަކުން 6 ޑޮލަރުގެ ރޭޓުން ނަގާ ޓެކުހެކެވެ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ރަށްރަށުގެ ފެނާއި ނަރުދަމާ އަދި ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ތިމާވެށީގެ މަޝްރޫޢުތައް ހިންގުމަށެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %