
މިފަހަރުގެ ވޯލްޑް ކަޕަށް ސްޕެއިން އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، އެންމެ ރަނގަޅަށް ކުޅެފިނަމަ ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް މިކޭލް މެރީނޯ ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ މި ޓީމުގެ އެންމެ ބޮޑު ބާރަކީ ކުޅުންތެރިންގެ މެދުގައި އޮތް އެކުވެރިކަމާއި އެކަތިގަނޑެއްގެ ގޮތުގައި ކުޅުމެވެ. ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބިނާކޮށްފައިވަނީ އަމިއްލަ އެދުމަށްވުރެ ޓީމުގެ ކާމިޔާބީއަށް އިސްކަންދޭ ބައެއް ކަމަށާއި، މިފަހަރު މުބާރާތް ކާމިޔާބު ކުރާނެ ފޭވަރިޓުންގެ ތެރޭގައި ސްޕެއިން ހިމެނުމަކީ ލިބޭ ބޮޑު ހިތްވަރެއް ކަމަށްވެސް އޭނާ ބުންޏެވެ. ޢުމުރުން 30 އަހަރުގައި ވޯލްޑް ކަޕެއްގައި ޤައުމު ތަމްސީލުކުރުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށް ދެކޭ މެރީނޯގެ ސްޕެއިން މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހު ކާބޯ ވާޑޭއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
