
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން “ސީސީ” އިން “ސީސީސީ -” އަށް މަތިކުރުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުންދާކަމުގެ ހެއްކެކެވެ. ކްރެޑިޓް ރޭޓިންއަކީ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ވަޒަންކުރާ މިންގަނޑަކަށްވާއިރު، މީގެ ކުރިން ރޭޓިން ދަށަށް ދިޔައީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމުންނެވެ. ނަމަވެސް، މި ސަރުކާރުން ގެންގުޅޭ ހަރުދަނާ އިގްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން މިހާރު ވަނީ މިސްރާބު ބަދަލުވެފައެވެ.
މި ކުރިއެރުން ލިބުނު މައިގަނޑު ސަބަބުތަކަކީ ޓެކްސްގެ ނިޒާމަށް ގެނައި ބަދަލުތަކުން އާމްދަނީ އިތުރުކުރުމާއި، ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން ރިޒާވް ވަރުގަދަކުރުމެވެ. މީގެ އިތުރުން، އިތުރު ދަރަންޏެއް ނުނަގައި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވް ބޭނުންކޮށްގެން 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމާއި، މިއަހަރު ދައްކަން އޮތް ބޮޑު ދަރަނި ބޮޑުތަނުން ކުޑަކުރުން ފިޗުން ފާހަގަކޮށްފައިވެއެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއް ކަމަށާއި، ގައުމު ބަނގުރޫޓުވުމުގެ ނުރައްކަލުން ސަލާމަތްވަމުންދާކަން ބައިނަލްއަގުވާމީ އިދާރާތަކުން މިވަނީ ބަލައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
