
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މާލީ ވުޒާރާގެ 2025 ވަނަ އަހަރުގެ ބަޖެޓު ނަތީޖާ ބަޔާނުން ދައްކާގޮތުގައި، މިދިޔަ އަހަރު ދައުލަތުން ކުރި ޚަރަދު ވަނީ އަންދާޒާކުރި ވަރަށް ވުރެ 5 ބިލިއަން ރުފިޔާ މަދުވެފައެވެ. ބަޖެޓުގައި 49.2 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރި ނަމަވެސް، ހަގީގީ ޚަރަދަކީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ ޚަރަދު ކުޑަކުރުމުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. ޚަރަދުތައް ކުޑަވުމާއެކު ބަޖެޓު ޑެފިސިޓް ވެސް ވަނީ ލަފާކުރި 9.4 ބިލިއަނުން 4.4 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް އެންމެ ބޮޑަށް ދަށްވި އަހަރެވެ. މީގެ އިތުރުން، މިދިޔަ އަހަރަކީ ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި ދައުލަތުގެ ޚަރަދުތައް ބެލެހެއްޓި ފުރަތަމަ އަހަރެވެ.
ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، ލަފާކުރި ވަރަށް ވުރެ 74.4 މިލިއަން ރުފިޔާ އިތުރަށް ލިބިފައިވެއެވެ. މިއީ 2019 އަށް ފަހު ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރެވެ. އާމްދަނީ އިތުރުވީ ފަތުރުވެރިކަމުގެ ފީތަކާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމުންނެވެ. ޚަރަދުތައް ކުޑަކުރި ނަމަވެސް، އާންމު ޚިދުމަތްތަކަށާއި އިޖުތިމާޢީ އެހީތަކަށް އެއްވެސް ބުރޫއެއް އަރާފައިނުވާކަން ސަރުކާރުން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
