
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ބޭންކަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިތަކާ ގުޅިގެން މިވަގުތު ބައެއް ލިމިޓްތައް ހުރި ނަމަވެސް، ރައީސް އޮފީހުން ބޭންކާ ގުޅައިގެން ކުރި މަސައްކަތުން މިކަމަށް އުންމީދީ ހައްލެއް ލިބޭނެކަމުގެ އިޝާރާތެއް ވަނީ ލިބިފައެވެ. މި ބަދަލުތައް ގެނައި ނަމަވެސް ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދީފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ބޭންކުން ދެއެވެ. ބޭންކުން ފާހަގަކުރި ގޮތުގައި މި ފިޔަވަޅުތަކަކީ ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް އެޅި ފިޔަވަޅުތަކެއް ކަމަށާއި، ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވަމުންދާ ވަރަކަށް އާންމު ލިމިޓްތަކަށް ލުއި ދެމުން ގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ސަރުކާރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުބާރު ދަމަހައްޓާނެ: ރައީސް
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި އަދި އިތުބާރު ހުރި...
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދެއްވި މެސެޖުގައި، ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމަކީ...
މިފްކޯއިން މަސްގަންނަ އަގު ބޮޑުކޮށްފި
(ފޮޓޯ ކްރެޑިޓްސް: މަސްވެރިޔާ) މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، މިފްކޯއިން މަސް ގަންނަ އަގު މިއަދުން ފެށިގެން 18.50...
ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ދަރަޖަ ދަށްކުރި ސަބަބުތައް
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ، ފިޗް ރޭޓިންގްސްއިން ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި (2013-2018) ރާއްޖޭގެ ރޭޓިންގ ދަށްކުރީ، ރާއްޖޭގެ ދަރަނި އިތުރުވުމާއި، މާލީ...
ރައީސްއާއެކު މިތިބީ 2028 އަށް އަމާޒު ހިފައިގެން ގަދަކޮށް: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް) އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ...
“ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދާނީ މަތިވަމުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ ކްރެޑިޓް ރޭޓިންގ "ސީސީ" އިން "ސީސީސީ -" އަށް ފިޗް އިން މަތިކޮށްފައިވަނީ ދަރަނި އަދާކުރުމަށް ސަރުކާރުން...
