
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާތީ އެ އެޖެންސީން އެކަން މިރޭ ކުށްވެރިކޮށްފިއެވެ. އެންސްޕާ އިން އެ ބަޔާން ނެރުނީ “އެމްއެމް ޓީވީ” ނަމުގައި ފެށި ޗެނަލް ހިންގާ އިމާރާތުގެ ކުލި އެންސްޕާ މެދުވެރިކޮށް ހަމަޖައްސާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން އަންނަނިކޮށެވެ. އެންސްޕާ އިން ހަތަރު ފަންގިފިލާއެއް ކުއްޔަށް ނަގައި އެ ތަނަށް އެތައް ލައްކަ ރުފިޔާއިން ކުލި ދައްކަމުން އަންނަ ކަމަށް އެ މީޑިއާތަކުގައިވެއެވެ. އޭގެ ތެރެއިން ދެ ފަންގިފިލާ އެންސްޕާ، އަދި ބާކީ ދެ ފަންގިފިލާ ޓީވީ ސްޓޭޝަނަށް ދޫކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެންސްޕާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އެޖެންސީއާ ގުޅޭ ގޮތުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެންސްޕާ ހިންގަން އިމާރާތެއް ހޯދުމުގެ މުއާމަލާތަކީ ފިނޭންސް މިނިސްޓްރީ އާއި އެޖެންސީއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދާ އުސޫލުގެ ތެރެއިން ކުރެވިފައިވާ މުއާމަލާތެއް ކަމަށެވެ. އެއީ އާންމު މައުލޫމާތުގެ ގޮތުގައި ހާމަކަން ބޮޑު ގޮތެއްގައި ފިނޭންސް މިނިސްޓްރީގެ މަންސަތަކުގައި ފެންނަން ހުރި މައުލޫމާތު ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދާ އެ މުވައްޒަފުންނަށް ޒިންމާތައް ހަވާލުކޮށްފައިވާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް އެންސްޕާގެ ބަޔާނުގައިވެއެވެ. “ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ މުއައްސަސާއަކާ ގުޅޭ ގޮތުންނާއި މި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާ މެދުގައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުން ދިއުން ކުށްވެރި ކުރަމެވެ. މިފަދަ މައުލޫމާތު ފަތުރާ ފަރާތްތަކުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަވެސް ދަންނަވަމެވެ،” އެންސްޕާ އިން ނެރުނު ބަޔާނުގައިވެއެވެ.
މީގެއިތުރުން އެންސްޕާ އާއި އެ ތަނުގެ މުވައްޒަފުންގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާ މެދު މިނިވަން ތަހްގީގެއް ހިންގައި އެކަންކަމުގެ ތަފްސީލް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެންސްޕާ އިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގޮވާލައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
