
(ފޮޓޯ ކްރެޑިޓްސް: ރައީށް އޮފީސް)
އަދުލުއިންސާފާއި ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ ހައްގު ހޯދުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖޭން ދެމިއޮންނާނެކަމުގެ ޔަގީންކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަކުރާރު ކުރައްވައިފިއެވެ.
އެ މަނިކުފާނު އެކަން ތަކުރާރު ކުރެއްވީ، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައެވެ.
ރައީސްގެ މެސެޖުގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖޭން ދޭ އެއްބާރުލުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިއަދާހަމައަށް ވެސް ފަލަސްތީނުގެ އެކި ޖީލުތަކުގެ ރައްޔިތުން ކުރިމަތިލަމުން ގެންދާ އަނިޔާވެރިކަމާއި، ފަސާދައާއި، ގެދޮރު ގެއްލުމުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
“ފަލަސްތީނުގެ އަހުންނާއި އުހުތުން ބަރުދާސްކުރަމުންގެންދާ ބޭއިންސާފާއި އަނިޔާވެރިކަމާއި، ދިރިއުޅެމުން ގެންދާ ހިތްދަތިކަމުގެ ހަނދާންތައް އާކޮށްދޭ ކޮންމެ ދުވަހަކީ، ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމުގެ އަޒުމް ވަރުގަދަވެ، އަދި އެ އަޒުމު އައުކޮށްދޭ ދުވަހެއް. އެ ރައްޔިތުންނާމެދު ބޭއިންސާފުން ހިންގާ ކަންކަމަކީ އަޅުގަނޑުމެން ހިއްސާކުރާ ތާރީހުގައި ޖެހިފައިވާ ލައްގަނޑެއް.” ރައީސް ވިދާޅުވިއެވެ. އިސްރާއީލަށް ހަތިޔާރު ވިއްކުން މިހިނދުން މި ހިނދަށް ހުއްޓާލުމަށާއި، ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަގްވާމީ މުޖުތަމައު އެއްބައިވެ، އެގައުމެއްގެ ސިޔާސީ ވިސްނުމާއި އިގްތިސޯދީ ބާރުގެ ބޭނުންހިފުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުގައި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަދާކުރަމުންގެންދާ މުހިންމު ދައުރަށް 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި، އެ އެޖެންސީން ކުރަމުންގެންދާ ހައްސާސް މަސައްކަތްތަކަށް ހުރިހާ ގައުމުތަކުންވެސް އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.
“ބައިނަލްއަގްވާމީ ގާނޫނުތަކާއި، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނާއި، އިންސާނީ އެހީގެ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވެ، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގެ ޖަރީމާތަކާއި، އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރައްވައި، އެ ލާއިންސާނީ އަމަލުތަކަކީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫން. އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ގައުމުތަކުގެ ގުޅިފައިވާ ނިޒާމަށް ދެވޭ ހަމަލާއެއް. ބައިނަލްއަގްވާމީ މުޖުތަމައުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭ.” ރައީސް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެކަމުގައި ރާއްޖޭން ގަބޫލުކުރާކަން ރައީސް ވިދާޅުވިއެވެ. އޭގެއިތުރުން ފަލަސްތީނު ރައްޔިތުން ކުރަމުންގެންދާ ޖިހާދަކީ އަމިއްލަކަމެއްގެ ގޮތުގައި ދިވެހީން ގަބޫލުކޮށް ބަލައިގަންނަކަމީ ދެބަސްވެވެންނެތް ކަމެއް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އަދުލުއިންސާފާއި، މިނިވަންކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދުނިޔޭގެ ކުރިމަތީގައި ސާބިތުކަމާއެކު އަޑުއުފުލުމުގައި ފަހަތަށް ނުޖެހި، ދިވެހީން ދެމިތިބޭނެކަމުގެ ޔަގީންކަންވެސް ރައީސްގެ މެސެޖުގައި ވަނީ ދެއްވާފައެވެ.
ރައީސް މެސެޖު ނިންމަވާލައްވާފައި ވަނީ، މިމައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން އަދި އިސްތިގްލާލީ ދައަލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ކަމަށް ވިދާޅުވަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބާގައި، ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައިވެސް އެ މަނިކުފާނުގެ ފުރިހަމަ ތާއީދު، ފަލަސްތީނަށް އޮތްކަން ހާމަކުރައްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
