
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަަމަށް ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ޔަހޫދީންގެ ޣައިރު ޤާނޫނީ އަނިޔާވެރި ދައުލަތް އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް ސެކެރެޓަރީ ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން މީގެ ހަފްތާއެއް ކުރިން ވަނީ އަމުރެއް ނެރެފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ލީޑަރުންނާއި ހަމާސްގެ ވެރިޔާގެ މައްޗަށް ހަނގުރާމައިގެ ގިނަ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކޮށްފައި ވެއެވެ. މި އަމުރާއި ގުޅިގެން ނޫހަކުން ޖަހާފައިވާ ހަބަރަކާއި ގުޅިގެން އިހުސާން ވިދާޅުވީ، ރާއްޖެއަކީ އިންޓަނޭޝަނަލް ކޯޓުަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒު ކުރާނެ ގައުމެއް ކަަމަށެވެ.
ވަޒީރު މިގޮތަށް ވިދާޅުވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރު ކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރުނު އަމުރަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނިންމި ނިންމުމަށް ރާއްޖޭން މަރުހަބާ ކިޔާ ކަމަށާއި މިއީ ނިރުބަވެރި އިސްރާއީލުން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާއި ހިލާފަށް ދެމުން އަންނަ ހަމަލާތަކަށް އެމީހުން ޒިންމާދާރު ކުރުމަށް އެޅޭ ވަރަށް ވެސް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރައީސް ވިިދާޅުވީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އެޅި އެ ފިޔަވަޅަށް ފުރިހަމައަށް ރާއްޖޭން އިހުތިރާމު ކުރާ ކަމަށެވެ. އަދި އެ ކޯޓުން ނިންމުން ތަންފީޒު ކުރުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ކާން ވިދާޅުވީ އެ މީހުންގެ މައްޗަށް ކުރާ އެ ދައުވާތަކަކީ “ނައްތާލުމަށް މަގުފަހިކޮށްދިނުމާއި، ހަނގުރާމަ ކުރުމުގެ ނަމުގައި ބަނޑުހައިހޫނުކަން އުފައްދައި، އިންސާނީ އެހީގެ ސާމާނު ނުދިނުމާއި، އާންމުންނަށް އަމާޒުކުރުމުގެ ކުށުގެ ދައުވާ” ކަމަށެވެ. 2002 ވަނަ އަހަރު އުފެއްދި އައިސީސީއަކީ ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފަދަ ބޮޑެތި ކުށްތައް ބެލުމަށް އުފައްދާފައިވާ ދުނިޔޭގެ ހަމައެކަނި މިނިވަން ކޯޓެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
