
(ފޮޓޯ ކްރެޑިޓްސް: ދަ ރޯޔަލް ފެމިލީ)
ދިވެހި ކަނޑުމަހަށް ހަމަ އަގު ހޯދައިދިނުމަކީ ސަރުކާރުތަކުން އަބަދުވެސް ވަމުން އަންނަ ވަޢުދެކެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި އިނގިރޭސިވިލާތަކީ ދެވަނައަށް އެންމެ ބޮޑު ބާޒާރު ކަމަށްވާއިރު، އެ ބާޒާރަށް ބޭރުކުރަނީ ރާއްޖޭގައި ޕްރޮސެސްކޮށް އަގުއެއްކުރެވިފައިވާ މަހުގެ އުފެއްދުންތަކެވެ. ނަމަވެސް، 2011 ވަނަ އަހަރު ރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ބަދަލުވުމާ ގުޅިގެން، 2014 އިން ފެށިގެން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުން %24 ގެ ޓެރިފެއް ނަގަން ފެށުމުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
މި ޓެރިފް ކަނޑާލުމަށް ވޭތުވެދިޔަ 12 އަހަރު އެކި ސަރުކާރުތަކުން މަޝްވަރާ ކުރި ނަމަވެސް، އެދެވޭ ނަތީޖާއެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. ކުރީ ސަރުކާރުން މަހުގެ އަގު ބޮޑުކުރުމާ ގުޅިގެން ދައުލަތަށް މާލީ ބުރަބޮޑުވެ، މަސްވެރިންނަށް ފައިސާ ދިނުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން އިނގިރޭސިވިލާތާއެކު ކުރި ހަރުދަނާ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި މަހުން ނަގާ ޓެރިފް ކަނޑާލަން މިހާރު ވަނީ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި “ފްރޮމް މޯލްޑިވްސް” ބްރޭންޑް އިފްތިތާޙްކުރުމަކީވެސް މި ސިނާޢަތް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ނިންމުމުގެ ސަބަބުން 12 އަހަރަށްފަހު ދިވެހި މަހަށް އަނެއްކާވެސް ބައިނަލްއަޤްވާމީ ބާޒާރުގައި ހަމަ އަގު ލިބި، މަސްވެރިންނަށް އޭގެ މަންފާ ބޮޑުތަނުން ކުރާނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
