
ފޮރިން އެކްސްޗޭންޗު ނުވަތަ ބޭރުފައިސާއާ ގުޅޭ އާ ބިލުގެ މަގުސަދަކީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދާއި ސިޔާސަތުތައް ހަރުދަނާކުރުން ކަމަށާއި ކުރިން ހެދި ގަވާއިދަށް ބަދަލެއް ގެނެސްފައިނުވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެެ.
އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ، އެ ބިލުގެ މަގުސަދަކީ ޑޮލަރު ބޭނުންކޮށްގެން ދައުލަތުން ދޭ ހިދުމަތްތައް ރަނގަޅުކޮށް، ޑޮލަރުގެ ރިޒާވް އިތުރުކުރުން ކަމަށެވެ. އަދި ބޭންކިންގެ ނިޒާމުގެ ތެރެއަށް ޑޮލަރު ނުވަންނަންޏާ އެކަން ނުކުރެވޭނެކަން ފާހަގަކުރެއްވިއެވެ. މިހާރު ކަޅު ބާޒާރުގައި ރައްޔިތުން ވެސް ޑޮލަރުގެ މުއާމަލާތްތައް ކުރަން ޖެހޭތީ ގެއްލުންވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެެ. މީގެ އިތުރުން، ފޮރިން އެކްސްޗޭންޖު މާކެޓު ކުރިން ހުރި ވަރަށް ގެންދިޔުމަށް ޓަކައި މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
“ބޭންކުތަކެއް ހަގީގަތުގައި ފަންޝަނެއް ނުކުރާނެ، ދިވެހީންނަށް ދޭން ޖެހޭ ހިދުމަތްތަކާއި އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ދޭ ހިދުމަތްތަކާ އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ބޭނުންކުރާ ހިދުމަތްތަކާއި މިކަން ކުރުމަށް ޓަކައި ހަގީގަތުގައި ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ނުވަންނަންޏާ އެކަމެއް ނުވާނެ. އެހެންވީމާ މީގައި ދެ ކަމެއް މި އޮންނަނީ. އެއް ކަމަކީ އިންފްލޯ ރަނގަޅު ކުރުން،”
“އަޅުގަނޑުމެން މި މަސައްކަތް ފަށައިގެން ކުރަމުން މިދަނީ އަޅުގަނޑުމެންގެ ފޮރިން އެކްސްޗޭންޖު މާކެޓުގައި މިހާރު މި ހުރި ލެވެލް ކުރިން ހުރި ލެވެލްއަށް މިކަން ގެންދިޔުމަށް ޓަކައި. އެއީ މިވަގުތަށް ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީވެ،”
އެ ބިލުގެ އެންމެ މުހިންމު މަގުސަދަކީ ކުރިން އެކުލަވާލި ގަވައިދުގައި ކަނޑައެޅި ކަންތައްތައް ހަރުދަނާކުރުން ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަން ނޫން ވިޔަފާރިތަކުން ވެސް 20 މިލިއަން ޑޮލަރަށް ވުރެ ގިނައިން އާމްދަނީ ލިބޭނަމަ ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވާކަން ފާހަގަކުރެއްވިއެވެ.
“ހަގީގަތުގައި އަޅުގަނޑުމެން މި ގެނައި ބަދަލުގެ އެންމެ މުހިންމު ކީ ވޯޑަކީ ހަރުދަނާކުރުން. މިއީ އަޅުގަނޑުމެންގެ ޕްރެސް ސްޓޭޓްމެންޓުގައި ވެސް ފާހަގަކޮށްފައި އިންނާނެ. އަޅުގަނޑުމެން މިހާރު މިކުރާ ކަމަކީ އަޅުގަނޑުމެން ބަދަލުގެނެސްފައި މި އިން ގަވާއިދަށް ގާނޫނެއްގެ ތެރެއިން އިތުރަށް ހަރުދަނާކޮށް ކޮމްޕްރިހެންސިވްކޮށް އިތުރަށް ރަނގަޅުކުރެވިގެން މިދަނީ. މިއީ އެއްގޮތަކަށް ވެސް ގަވައިދަށް އިސްލާހުތަކެއް އައީކީއެއް ނޫން،” މުނައްވަރު ވިދާޅުވިއެވެ.
އެމްއެމްއޭއަކީ ހަމައެކަނި ރާއްޖޭގެ ފައިނޭންޝަލް ސްޓެބިލިޓީއަށް ބަލާ ތަނެއް ނޫން ކަމަށާއި ފޮރިން އެކްސްޗޭންޖު މާކެޓު ހަމައަކަށް އެޅުވުމުގެ ޒިންމާތަކެއް ގާނޫނީ ގޮތުން ހަވާލުކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. “އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖު ގެނައުމުގެ ބިލުގެ ބޭނުމަކީ ކޮބައިތޯ. އަޅުގަނޑުމެންގެ އެކްޓުގެ އަދި އަޅުގަނޑުމެން މި ގެންނަ ބިލުގެ ފަރާތުން ވެސް އެމްއެމްއޭގެ ފަކްންޝަން އަދާކުރުމަށް ޓަކައި ކޮންމެހެން ގެންނަންޖެހޭ ބިލެކޭ މިއީ. އެހެންވީމާ ސުވާލަކީ އަޅުގަނޑުމެން ތިބޭނީތޯ އިންއެކްޓިވް ރިޒާވް ޕޮލިސީއަކުން އެކްޓިވް ޕޮލިސީއަކަށް (ބަދަލުނުކޮށް)،” މުނައްވަރު ވިދާޅުވިއެވެ.
މިހާރު ބޭންކުތަކަށް ލިބޭ ޑޮލަރު އެންމެ ބޮޑަށް ބޭނުންކުރަނީ އެސްޓީއޯގެ ތެޔޮ ބިލަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އަހަރެއްގެ މައްޗަށް 500-600 މިލިއަން ޑޮލަރު ހަރަދުކުރާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ކާޑުގެ ބާވަތްތަކަށް އަހަރަކު 25 މިލިއަން ޑޮލަރު، ސިއްހީ ކަންކަމަށް 25 މިލިއަން ޑޮލަރު، ހައްޖާއި އުމްރާއަށް 10 މިލިއަން ޑޮލަރު އަދި ކިޔަވާ ކުދިންގެ ހަރަދުތަކަށް 45 މިލިއަން ޑޮލަރު ހަރަދުވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، ރާއްޖެއިން ބޭރުން ފުރާ ކޮންމެ ރައްޔިތަކަށް 500 ޑޮލަރު ދެނީ ވެސް އެމްއެމްއޭގެ ރިޒާވުން ކަމަށާއި އެއީ ބީއެމްއެލްއިން ދޭ އެއްޗެއް ނޫން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ޓޫރިޒަމް އިންޑަސްޓްރީއަކީ 4.5 ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއަކަށް ވާއިރު ބޭންކުތަކަށް މިހާރު މާރުކުރަމުން ދަނީ އޭގެ އެންމެ ތިން ޕަސެންޓެވެ. ކޮވިޑްގެ ކުރިން އެ އަދަދު ހުރީ ހަ ޕަސެންޓުގައެވެ. ހުރިހާ ދާއިރާތަކަށް ބަލާއިރު ކޮވިޑްގެ ކުރިން ބޭންކުތަކަށް މާރުކުރަމުން ދިޔައީ 19 ޕަސެންޓެވެ. ނަމަވެސް، މިހާރު އެ އަދަދު ވަނީ 10 ޕަސެންޓަށް ވެއްޓިފައެވެ.
ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހެދީ އެ އަދަދުތައް އިތުރުކޮށް، ސަރުކާރުން ޑޮލަރުން ކުރަންޖެހޭ ހަރަދާއި ދަރަނި ދެއްކުމަށް ބޭނުންވާ ރިޒާވް ބޮޑުކުރުމަށެވެ. ޓޫރިސްޓު ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގަވައިދު ހެދި އިރު އެކަށީގެންވާ ވަރަށް ހިޔާލު ނުހޯދާ ކަމަށް ބައެއް ފަރާތްތަކުން ބުނި ކަން ވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ. އެހެންވެ، މިފަހަރު އެ ބިލު ވަރަށް ފުޅާ ދާއިރާއެއްގައި ކަމާ ބެހޭ ފަރާތްތަކުގެ ހިޔާލަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
