
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރަން ފެށޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުފުހުންތަކާއި ބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެފައެވެ. “ޕީއެސްއެމް”ގެ ހަފްތާ 52 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޒަމާނަށް އައި ބަދަލުތަކާއެކީ ވައިގެ ދަތުރުތަކަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ބެލިއަސް އަދި ބަލި މީހުން އުފުލުމުގައި ވިއަސް މިއަދުގެ ހާލަތަށް ބަލާއިރު، އެންމެ މުހިންމު އެއް ކަމަކީ ސަލާމަތީ ގޮތުން ރައްކާތެރި ހެލިކަޕްޓަރު އޮޕަރޭޝަންތައް ފެށުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމަސައްކަތް މިހާރު ކުރިއަށްދާއިރު، ކުރިއަށް އޮތް 10 ނުވަތަ 15 ވަރަކަށް ދުވަސް ތެރޭގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރެވޭ ފަރާތަކާއި އެކީ ސޮއި ކުރުމުގެ މަރުހަލާ ނިމިގެންދާނެ ކަމަށާއި އަންނަ މާޗް މަހާ ހިސާބަށް ދާއިރު، ރާއްޖޭގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރެވެން ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. “މިއަންނަ އަހަރުގެ މާޗް ހިސާބަށް ދާއިރު، އިރާދަކުރެއްވިއްޔާ ރާއްޖޭގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރެވެން ފެށޭނެ.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެ ބަދަލަކީ އިނގިރޭސިވިލާތުގެ ސީއޭގެ ރިކޮމެންޑޭޝަންސްތަކާއެކީ ކުރެވިގެންދާނެ ކަމެކެވެ. އަދި އެކަމަށް ބޭނުން ކުރާނީ ސަލާމަތީ ގޮތުން ރާއްޖެއަށް އޮޕަރޭޓް ކުރުމަށް އެންމެ ރަނގަޅު ހެލިކަޕްޓަރު ކަމަށް ވެސް ވިދާޅުވިއެވެ. ހެލިކަޕްޓަރު އޮޕަރޭޝަން ފެށުމުގެ ރަށްރަށުން މާލެއަށް ބަލި މީހުން ގެނައުމަށް ދިމާވެފައިވާ ދަތިތަކާއި، ފަތުރުވެރިންނަށް ރޭގަނޑު ދަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
