
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ރާއްޖޭގެ ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ބުނި ނަމަވެސް، އެއީ ސަރުކާރުން ގަބޫލުކުރާ ނުވަތަ ކަށަވަރުކޮށްދޭ އަދަދެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ އެ މިންވަރަށް ގެއްލުންވި ކަމަށް ހިސާބުތަކުން މިހާތަނަށް ފެންނަން ނެތް ކަމަށާއި، އެހެންކަމުން އެ އަދަދާ ގުޅުވައިގެން ސިނާއަތަށް ވަކި އެހީތެރިކަމެއް ދޭން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް، އާންމުކޮށް ހުރިހާ ދާއިރާތަކަށް ދިމާވާ ދަތިތަކުގައި ސަރުކާރުގެ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަޓާޓޯ އާއި އެންއެޗްޖީއޭއެމް ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާޗް މަހުން ފެށިގެން ޓޫރިސްޓުން އަންނަ މިންވަރު 15-20 ޕަސެންޓަށް ދަށްވެފައިވާ ކަމަށާއި، މީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހުއްޓާލަންޖެހޭ ހިސާބަށް މާލީ ހާލަތު ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، ލޯނުތައް ރީސްޓްރަކްޗާ ކުރުމާއި، ޓެކްސް ދެއްކުން ފަސްކޮށްދިނުން ފަދަ އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
