
ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީ ކުރަމުންދާ ދާއިމީ އެއް މިސްކިތް ރޯމަ މަހަށް ނިމޭނެ ކަމަށް ކޮންޓްރެކްޓަރ މައުލޫމާތު ދެއްވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ފޭސް ދޭއްގައި ދާއިމީ ފަސް މިސްކިތެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މިސްކިތްތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވަން އެ ވުޒާރާގެ ޓީމެއް އިއްޔެ ވަނީ އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ.
އެ ޒިޔާރަތަށް ފަހު ޑެޕިޔުޓީ މިނިސްޓަރ އަހްމަދު އާސިމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ތަރައްގީ ކުރުމަށް ކުރެވުންދާ މަސައްކަތްތައް އެ ވުޒާރާއިން ވަރަށް ގާތުން ބަލަމުންދާ ކަަމަށެވެ. ވަޒީރު ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީ ކުރެވެމުންދާ ދާއިމީ ފަސް މިސްކިތުގެ ސައިޓަށް ޒިޔާރަތް ކުރިއިރު، މީގެ ތެރެއިން އަންނަ ރޯދަ މަހަށް އެއް މިސްކިތް ނިމެނޭ ކަމަށް ކޮންޓްރެކްޓަރ ވިދާޅުވާ ކަމަށެވެ.
“އަޅުގަނޑުމެން މި ފުރުސަތުގައި ފާހަގަކޮށްލަން، މި ފަސް މިސްކިތަކީވެސް ދިވެހި ވިޔަފާރިވެރިންގެ ތެރެއިން، ހެޔޮ އެދޭ ފަރާތްތަކުން އެ ބޭފުޅުންގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަޝްރޫއުތަކެއް،”. އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްއަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ އަވަށަކަށް ވާއިރު، އެ އަވަށުގައި ދާއިމީ މިސްކިތްތައް މަދު ކަމުގައިވީނަމަވެސް، ކުރިއަށް އޮތްތަނުގައި މި މިސްކިތްތައް ހުޅުވުމާއެކު މިސްކިތްތަކުގެ ދަތިކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
