
އެމްއެމްއޭއިން ހުށަހަޅާފައިވާ ފޮރިން އެކްސްޗޭންޗު ބިލުގައި 20 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ފަތުރުވެރިކަން ނޫން ވިޔަފާރިތައް ވެސް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް އެމްއެމްއޭއިން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މި ބިލާ ގުޅޭ ތަފްސީލީ ޕްރެޒެންޓޭޝަނެއް އެމްއެމްއޭގެ ސްޓެޓިސްޓިކްސް ޑިވިޝަަންގެ ސީނިއާ މެނޭޖާ އަމްދާން މުހައްމަދު ދެއްވާފައިވެއެވެ. ކުރިން އެކުލަވާލި ފޮރިން އެކްސްޗޭންޗާ ގުޅޭ ގަވައިދަށް އިތުރަށް ބާރުދޭ އެ ބިލުގައިވަނީ ދިވެހިރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ވިޔަފާރިތައް ތިން ކެޓަގަރީއަކަށް ބައިކޮށް، އެކަން ކުރަން ޖެހޭ ގޮތުގެ ތަފްސީލުތައް ހިމަނައިފައެވެ.
ޓޫރިޒަމް އިންޑަސްޓްރީއަކީ 4.5 ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއަކަށް ވާއިރު ބޭންކުތަކަށް މިހާރު މާރުކުރަމުން ދަނީ އޭގެ އެންމެ ތިން ޕަސެންޓެވެ. ކޮވިޑްގެ ކުރިން އެ އަދަދު ހުރީ ހަ ޕަސެންޓުގައެވެ. ހުރިހާ ދާއިރާތަކަށް ބަލާއިރު ކޮވިޑްގެ ކުރިން ބޭންކުތަކަށް މާރުކުރަމުން ދިޔައީ 19 ޕަސެންޓެވެ. ނަމަވެސް، މިހާރު އެ އަދަދު ވަނީ 10 ޕަސެންޓަށް ވެއްޓިފައެވެ. ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހެދީ އެ އަދަދުތައް އިތުރުކޮށް، ސަރުކާރުން ޑޮލަރުން ކުރަންޖެހޭ ހަރަދާއި ދަރަނި ދެއްކުމަށް ބޭނުންވާ ރިޒާވް ބޮޑުކުރުމަށެވެ.

އެމްއެމްއޭ އިން އާންމުކުރި ބިލްގައިވާ ގޮތުން، ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިސޯޓު ހޮޓާ ފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރުކުރަން ވާނެއެވެ.
ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެ ކަމަށް އެ ބިލުގައިވެއެވެ.
ކެޓަގަރީ ސީއަކީ ޓޫރިޒަމް ވިޔަފާރިތައް ނޫން ވިޔަފާރިތަކުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން 20 މިލިއަން ޑޮލަރަށް ވުރެ ގިނައިން އާމްދަނީ ލިބޭ ކުންފުނިތައް ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކެޓަގަރީއެވެ. އެފަދަ ކުންފުނިތަކުން މާރު ކުރަން ޖެހެނީ ޑޮލަރުން ލިބޭ އާމްދަނީގެ 25 ޕަސެންޓެވެ.
“މިހާރު އޮތް ފޮރިން ކަރަންސީ ބިލުގައި ހިމަނާފައިވާނީ ޓީޖީއެސްޓީ ނުވަތަ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެކަނި އެހެންނަމަވެސް، މިހާރު ހުށަހަޅާފައި އޮތް ބިލުގައި ނޮން ޓޫރިޒަމް ސެކްޓާއަށް ކެޓަގަރީއެއް ހިމަނާފައިވާނެ.” އަމްދާން ވިދާޅުވިއެވެ.
ފައިސާ ޖަމާކުރަން ކުރިން އެކުލަވާލި ގަވައިދުގައި ދީފައިވާ މުއްދަތަކަށް ބިލުން އެއްވެސް ބަދަލެއް ނުގެނެއެވެ. ރިޕޯޓު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން މަހުގެ ފައިސާ ޖަމާކުރަން ޖެހޭނެއެވެ. ކޮންމެ ތިން މަހަކުން ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ފައިސާ ޖަމާކުރަންޖެހޭނެއެވެ.
ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ ތެރެއިން ޑޮލަރު މާކުރުމުން އިސްތިސްނާވާ ހާލަތްތަކެއް ބިލްގައި ކަނޑައަޅާފައިވޭ. އެއީ:
1- ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުން
2- އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން
3- ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް ތިބޭ މީހުން
ތަންފީޒީ މާއްދާތަކެއް
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި ބިލުގައި ވަނީ ތަންފީޒީ މާއްދާތަކެއް ވެސް ހިމަނާފައެވެ. އޭގެ އިތުރުން، ވިޔަފާރިތަކަށް ލިބޭ އާމްދަނީއާ ގުޅޭ މައުލޫމާތު އެއްކުރުމާ ގުޅޭ މާއްދާތަކެއް ވެސް ވަނީ ހިމަނާފައެވެ.
“އޭގެ އެންމެ ބޮޑު އޮބްޖެކްޓިވްއަކީ އެމްއެމްއޭއަށް މައުލޫމާތު އެއްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން. ދެން މީރާ މެދުވެރިކޮށް، އަޅުގަނޑުމެންނަށް މައުލުމާތު އެއްކުރެވޭނެ ގޮތަކަށް މާއްދާއެއް ހިމަނާފައި އޮންނާނެ ޕްރޮޕޯސްޑް ބިލުގައި. މީގެ އިތުރުން ޖަމާކުރުމުގެ ރޫލް ނުވަތަ ޑިޕޮސިޓް ކުރުމުގެ ރޫލް އަދި ކޮންވާޓް ކުރުމުގެ ރޫލް ނުވަތަ މާރުކުރުމުގެ އޮންނަ އޮބްލިގޭޝަންއާ ހިލާފުވާ ފަރާތްތައް ޕެނަލްޓީ ނުވަތަ ޖޫރިމަނާ ކުރުމުގެ މާއްދާއެއް، އެއީ ހަމަ ތަންފީޒީ ބާރު އެމްއެމްއޭއަށް ހޯދުމުގެ ގޮތުން އަޅުގަނޑުމެން ހިމަނާފައި އޮތް މާއްދާއެއް،” އަމްދާން ވިދާޅުވިއެވެ.
ޖަމާކުރަން ޖެހޭ އަދަދަށް ބިނާކޮށް، 0.05 އިންސައްތައިގެ ޖޫރިމަނާއެއް ކަނޑައެޅުމުގެ ބާރު އެ މާއްދާއިން އެމްއެމްއޭއަށް ލިބެއެވެ. އެ މުއްދަތު ހަމަވެ، ޖޫރިމަނާ ނުދައްކާ ކޮންމެ ދުވަހަކަށް ވެސް އެ އިންސައްތައަށް ވުރެ ބޮޑު ނުވާނެ އަދަދަކުން ޖޫރިމަނާ އިތުރުކުރެވޭނެ ކަމަށް އެ މާއްދާގައިވެއެވެ. އަދި މާރުކުރަން ޖެހޭ އަދަދުގެ 0.1 ޕަސެންޓާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ ކަމަށް ބިލުގައި ވަނީ ހިމަނާފައެވެ.
ބިލު ތަސްދީގުކޮށް ގާނޫނަކަށްވާ ހިސާބުން ބޭންކުތަކަށް ޑޮލަރު ޖަމާކުރަން ޖެހޭ ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓާ ވާން ޖެހޭނެއެވެ. “އެގޮތުން، ބިލް އިނެކްޓުވާ ހިސާބުން އަޅުގަނޑުމެން މި ދެނީ 10 ދުވަސް އެމްއެމްއޭގައި ރަޖިސްޓްރީކުރަން، ރަޖިސްޓާ ނުވެ ހުރި ފަރާތްތައް،” އަމްދާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ގިނަ އަދަދެއްގެ ކުންފުނިތަކުން ވަނީ އެމްއެމްއޭގައި ރަޖިސްޓްރީވެފައެވެ.
އެ ބިލުގައި ބުނެފައިވަނީ ބޭރު ފައިސާ އެ ފަރާތެއްގެ އަތުގައި ނުހުންނާނެ ކަން ބަޔާންކޮށް ހުށަހެޅުމުން އެ މިންވަރަށް ބޭރު ފައިސާ ނުހުންނާނެ ކަން އޮތޯރިޓީއަށް ގަބޫލު ކުރެވޭ ނަމަ، ބިލްގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ މަދު އަދަދެއް މާރު ކުރުމުގެ ހުއްދަ ގަވައިދާ އެއްގޮތަށް އޮތޯރިޓީއަށް ދެވިދާނެ ކަމަށެވެ. އެއީ:
1- ބޭރު ފައިސާ އިން އަދާކުރަން ޖެހިފައިވާ ދަރަނި
2- މާލީ އިދާރާއަކަށް ބޭރު ފައިސާ އިން އަދާކުރަން ޖެހިފައިވާ ދަރަނި
3- ޝަރުއީ ކޯޓެއްގެ ނިންމުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމުތައް
4- އޮތޯރިޓީން ހުއްދަދޭ އެހެންވެ ބޭރު ފައިސާގެ އިލްތިޒާމުތައް
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
