
ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް
ނ. ފޮއްދޫ ބަނދަރުގެ ޑިޒައިން ނިންމައި، މިހާރު ކުރިއަށް ދަނީ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއާއި ގުޅޭ ގޮތުން ވެލިދޫ ދާއިރާގެ މެމްބަރު، މުހައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ، އެ މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީ އާއި 3 ސެޕްޓެމްބަރު 2023 ގައި ހަވާލު ކޮށްފައިވާ މަޝްރޫއެއް ކަމަށާއި އެ މަސައްކަތް ނިންމަން ހަވާލު ކުރީ 392 ދުވަސް ކަމަށެވެ. އަދި އެ މަސައްކަތް ހަވާލު ކުރީ 53.7 މިލިއަން ރުފިޔާއަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭރު މި ބަނދަރަކީ ޑިޓޭޗް ބަނދަރެއްގެ ގޮތުގައި ޑިޒައިން ކޮށްފައިވާ ބަނދަރެއް ކަމަށާއި އެ ޑިޒައިނާ މެދު ރަށުގެ ރައްޔިތުންނާއި މެމްބަރުގެ ކަންބޮޑުންތައް ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. “އެހެންމަ އަޅުގަނޑުމެން ހަވާލު ވެގެން އަޅުގަނޑުމެން މަސައްކަތް ކުރީ އެ ޑިޒައިން ބަދަލުކޮށްފަ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުތަކެއް ގެންނަން. އެގޮތުން ފުރަތަމަ ހެދި ޑިޒައިންގަ އަޅުގަނޑުމެންނަށް ބައެއް ޓޫރިސްޓް ސަރަހައްދުތަކާއި ސްޓޯމް ވޯޓާ ޕަމްޕެއް ހުރި ދިމާލަކުން އެ އިޝޫ ދިމާވާތީ އެ ޑިޒައިނަށް ވެސް ބަދަލުތަކެއް ގެނެވިފަ މިހާރު ފައިނަލް ކުރެވިފަ ވަނީ” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ މަޝްރޫއުގެ އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށެވެ. އީއައިއޭ ހެދުމުގެ މަސައްކަތް ލަސްވެގެން ގޮސްފައިވަނީ ޑިޒައިނަށް ވަރަށް ގިނަ ފަހަރު ބަދަލުތަކެއް ގެންނަން ޖެހުމާއި ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، 2023 ވަނަ އަހަރުގެ ބަޖެޓް މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް 2.1 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ބެޖެޓުގައި ހިމަނާފައިވަނީ 260،000 ރުފިޔާ ކަމަށާއި މިއީ އެމްޓީސީސީއަށް އެޑްވާންސް ޕޭމަންޓް ވެސް ނުދެވި އޮތް ޕްރޮޖެކްޓެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
