
ފޮޓޯ ކްރެޑިޓްސް: ވަގުތު
ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދު ގާނޫނަކުން އިތުރަށް ވަރުގަދަ ކުރުމަށް އެކަމާ ގުޅޭ ބިލެއް ޑްރާފްޓްކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސްޓޭކްހޯލްޑަރުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.
އެމްއެމްއޭ އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ފޮރިން އެކްސްޖޭންޖުގެ ކަންކަން ހަރުދަނާ ކުރުމަށް ބޭރު ފައިސާއާ ބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތައް ގުޅިގެން އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ. މި ބިލްގެ މައިގަނޑު މަގްސަދަކީ މިދިޔަ އޮކްޓޯބަރު 1 ގައި އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަން ހަރުދަނާ ކުރުން ކަމަށް ވެސް މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިއުލާންގައިވެއެވެ.
އެމްއެމްއޭ އިން އާންމުކުރި ބިލްގައިވާ ގޮތުން، ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިސޯޓު ހޮޓާ ފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެއެވެ.

އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާ އަށް މާރު ކުރަން ވާނެ ކަމަށް އެ ގަވައިދުގައިވެއެވެ.
މި ހާލަތުގައި އިސްތިސްނާވާ ފަރާތްތަކެއް ބިލްގައި ކަނޑައަޅާފައިވޭ. އެއީ:
1- ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުން
2- އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން
3- ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް ތިބޭ މީހުން
އެމްއެމްއޭ އިން ޑްރާފްޓްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ބިލްގައިވާ ގޮތުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރުފިޔާއަށް ނިސްބަތްކޮށް، ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓް އޮތޯރިޓީން ކަނޑައަޅައިފި ނަމަ، އެކަން އާންމުކޮށް ޝާއިއު ކުރަން ވާނެއެވެ. އަދި ފައިސާއެއްގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތައް ވެސް ގަވައިދުން އާންމުކޮށް ޝާއިއު ކުރަން ވާނެ ކަމަށް ބިލްގައި ބުނެފައިވެއެވެ. އޮތޯރިޓީން ކަނޑަނާޅާ ބޭރު ފައިސާއެއްގެ އެކްސްޗޭންޖް ރޭޓް ކަނޑައަޅާނީ އެ މުއާމަލާތް ކުރާ ފަރާތުން ކަމަށް އޭގައިވެއެވެ.

ބިލްގައި ބުނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން މީރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ “ރިއަލައިޒްޑް ޕްރޮސީޑްސް” އެކުގައި އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާ ނުވަތަ ޖަމާކުރަން ވާނެ ކަމަށެވެ. އޮތޯރިޓީން ހުއްދަ ކުރާ ކޮންމެ ފައިސާއަކުން ވެސް ބޭންކަށް ޖަމާ ކުރެވޭނެ ކަމަށް ބިލްގައިވެއެވެ.
ބިލްގައި ވަނީ ބިލް، ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ހިސާބުން އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން 10 ދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަން ވާނެ ކަމަށެވެ. އަހަރެއްގެ ތެރޭގައި 20 މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން ވާނެ ކަމަށް ވެސް ބިލްގައިވެއެވެ.
އެ ބިލުގައި ބުނެފައިވަނީ ބޭރު ފައިސާ އެ ފަރާތެއްގެ އަތުގައި ނުހުންނާނެ ކަން ބަޔާންކޮށް ހުށަހެޅުމުން އެ މިންވަރަށް ބޭރު ފައިސާ ނުހުންނާނެ ކަން އޮތޯރިޓީއަށް ގަބޫލު ކުރެވޭ ނަމަ، ބިލްގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ މަދު އަދަދެއް މާރު ކުރުމުގެ ހުއްދަ ގަވައިދާ އެއްގޮތަށް އޮތޯރިޓީއަށް ދެވިދާނެ ކަމަށެވެ. އެއީ:
1- ބޭރު ފައިސާ އިން އަދާކުރަން ޖެހިފައިވާ ދަރަނި
2- މާލީ އިދާރާއަކަށް ބޭރު ފައިސާ އިން އަދާކުރަން ޖެހިފައިވާ ދަރަނި
3- ޝަރުއީ ކޯޓެއްގެ ނިންމުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމުތައް
4- އޮތޯރިޓީން ހުއްދަދޭ އެހެންވެ ބޭރު ފައިސާގެ އިލްތިޒާމުތައް
އެމްއެމްއޭ އިން ޑްރާފްޓު ކުރި ބިލްގައި ބުނީ ބޭރު ފައިސާ މާރު ކުރުމަށް ފަހު، އެކަމުގެ މައުލޫމާތާއި އޮތޯރިޓީން އަންގާ އެހެނިހެން މައުލޫމާތު އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް ހުށަހަޅަން ވާނެ ކަމަށެވެ. ބޭރު ފައިސާއާ ބެހޭ ބިލްގައި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ބާރު ވެސް އޮތޯރިޓީއަށް ވަނީ ދީފައެވެ. އެގޮތުން 10،000ރ. އާއި އެއް މިލިއަން ރުފިޔާ އާ ދެމެދު ޖޫރިމަނާ ކުރުމުގެ ބާރު ވެސް އެމްއެމްއޭއަށް ވަނީ ދީފައެވެ.
އެމްއެމްއޭއިން އާންމުކުރި ގަވައިދަށް ޓޫރިޒަމް ދާއިރާގެ ބޮޑެތި ބައެއް ވިޔަފާރިތަކުން ވަނީ ދެކޮޅު ހަދައިފައެވެ. އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
