
ފޮޓޯ ކްރެޑިޓްސް: ވޮއިސް
ބޭރުފައިސާ މާރުކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމުގެ ގޮތުން، ބޭރުފައިސާ އާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ފަށައިފިއެވެ. އެމްއެމްއޭއިން ވަނީ މި ބިލް، ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް ފޮނުވާފައެވެ. މި ބިލް އެމްއެމްއޭގެ ވެބްސައިޓްގައި މިހާރު އާއްމުކޮށްފައިވާއިރު، މަރުކަޒީ ބޭންކުން ވަނީ މި ބިލާމެދު އާއްމުންގެ ހިޔާލު ހޯދުމަށްވެސް ހުޅުވާލާފައެވެ. އެމްއެމްއޭއިން ބުނީ ބިލުގެ މައިގަނޑު މަގްސަދަކީ މިއަހަރުގެ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ ބޭރުފައިސާއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ހަރުދަނާކުރުން ކަމަށެވެ.
އެމްއެމްއޭއިން ބުނީ މި ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށްވާތީ، ވިޔަފާރިތަކާއި އާއްމު ރައްޔިތުންގެ ހިޔާލު ބިލަށް ބޭނުންވާކަމަށެވެ. އެމްއެމްއޭއިން ބޭރުފައިސާ އާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިމިވަނީ، މީގެކުރިން އެ ބޭންކުން އާއްމުކުރި ބޭރުފައިސާ މާރުކުރުމާ ބެހޭ އައު އުސޫލަށް ޓޫރިޒަމްގެ ބައެެއް ބޮޑެތި ފިޔަފާރިވެރިން އަމަލުނުކުރާނޭކަމަށް ބުނެފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
ބިލުގައި ފާހަގަކުރެވޭ މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި:
– ދިވެހިރާއްޖެއިން ދިވެއްސަކު ހޯދާ މުދަލާއި ޚިދުމަތްތަކަށް ބޭރު ފައިސާއިން އަގު އަދާކުރަން ލާޒިމެއް ނުކުރެވޭނެ.
– އަހަރެއްގެ ތެރޭގައި ވިހި މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތައް އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން.
– ޓޫރިސްޓު ހޮޓާތައް (50 އަށް ވުރެ ގިނަ ވިޔަސް މަދުވިޔަސް މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ)އާއި ޓޫރިސްޓު އުޅަނދުތައް ކެޓަގަރީ ބީ އަށް ބަދަލުކުރުން.
– އަހަރެއްގެ ތެރޭގައި މަދުވެގެން 20 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކުން ބޭރުފައިސާގެ އާމްދަނީން %25 އަށް ވުރެ ބޮޑުނުވާ ގޮތަށް އޮތޯރިޓީން ހަދާ ގަވާއިދެއްގެ ތެރެއިން މާރުކުރަންޖެހުން.
– ބޭރުފައިސާ މާރުކުރުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި 24 ގަޑިއިރު ހޭދަނުކުރާ ފަތުރުވެރިންނާއި، އަހަރުން ދަށުގެ ކުދިންގެ އިތުރުން ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް ހިމެނުން.
– މީގެ އިތުރުން ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓު އުޅަނދުތައް ގާނޫނުން އިސްތިސްނާކުރުން.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
