
ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ގާއިމްކޮށްފައިވާ މެޑިކަލް ސުކޫލުގައި ކިޔެވުމަށް އެއް ގައުމަކުން އެކަނިވެސް 500 އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސުކޫލުގައި ކިޔެވުމަށް އެދި ބޭރު ގައުމުތަކުންވެސް ހުށައެޅުންތައް ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް އެއް ގައުމަކުން 500 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު ވަނީ މެޑިކަލް ސްކޫލުގައި ޖާގައިގެ ހުރި ދަތިކަން ފާހަގަ ކުރައްވައިފައެވެ. އެގޮތުން ގައުމީ ޔުނިވަސިޓީގައި މިހާރު ހުރި މެޑިކަލް ސުކޫލުގައި ޖާގައިގެ ދަތިކަން ހުރުމުންނާއި، ރާއްޖޭގެ ދަރިވަރުންގެ ވެސް ޑިމާންޑު އެކަމަށް އޮތުމުން އެ ފުރުސަތު ބޭރުގެ ދަރިވަރުންނަށް ދެވިފައިނުވާކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ. ނަމަވެސް އަމާޒަކީ ޖާގަ ތަނަވަސް މެޑިކަލް ސުކޫލެއް ހުޅުމާލޭގައި ގާއިމްކޮށް ވީހާވެސް ގިނަ ދަރިވަރުނަށް ފުރުސަތު ފަހިކުރުންކަމަށް ވިދާޅުވިއެވެ.
“އެކަމަށް އަމާޒުކޮށްގެން އިންޓަނޭޝަނަލް ވިސާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ފަހިކުރުމާއި، ހެސެޓޯރަލް ގާނޫނެއް ވުޖޫދު ކުރުމާއި، ފަސޭހަކަމާއެކު އެކޮމޮޑޭޝަން ލިބޭނެގޮތް ފަހިގޮތް ހަމަޖެއްސުމަށްޓަކައި ހުޅުމާލޭގައި ދާނާލެއް އެޅުމާއި، މާލޭގައި އެއް ދަނާލު އަތޮޅުގައި ފަސް ދަނާލު މީގެ ތެރެއިން ތކ ް ރަށެއްގެ މަސައްކަތް ފަށާނެ ބަޖެޓް ކުރެވިފައި ވަނީ.” ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. ސްޓޭޓް މިނިސްޓަރު ވިދާޅުވީ، އަމާޒަކީ މި ފަސް އަހަރުގެ ދައުރުގައި ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ 20،000 ކުދިންގެ ތެރެއިން 5 އިންސައްތައަކީ ރާއްޖޭން ބޭރުގެ ދަރިވަރުންނަށް ހެދުންކަމަށާއި، އެކަމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
